އެމެރިކާގެ ރައީސްގެ އަނބިކަނބަލުން ކޮލެޖުގައި ކިޔަވާދެއްވަމުން ގެންދަވާނެ

Loading

Facebook
Twitter
WhatsApp

ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހައްދަވާފައިވާ އެމެރިކާގެ މަހާރެހެންދި، ޖިލް ބައިޑެން އަންނަ ހަފުތާއިން ފެށިގެން ކޮލެޖުގައި ކިޔަވައިދެއްވަން ފައްޓަވާނޭކަމުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފިއެވެ.

ވޮޝިންޓަން ޕޯސްޓުން މައުލޫމާތު ދިންގޮތުގައި ކޮރޯނާ ވައިރަހާ ހެދި ފާއިތުވި އަހަރެއްހާ ދުވަހު މަހާރެހެންދި ޖިލް ކިޔަވާދެއްވަމުން ގެންދެވީ އޮންލައިންކޮށެވެ.

ޖިލްގެ ތަރުޖަމާނު އީމެއިލްއަކުން ހާމަކުރެއްވިގޮތުގައި އަންނަ ހަފުތާގައި ފެށޭ އައު ސެމިސްޓާރގައި ޖިލް ކިޔަވައިދެއްވަން ކޮލެޖަށް ވަޑައިގަންނަވާނެއެވެ.

ވޮޝިންޓަން ޕޯސްޓުގައި ވާގޮތުން މަހާރެހެންދި އުތުރު ވާޖީނިއާ ކޮމިއުނިޓީ ކޮލެޖުގައި ހަފުތާއަކު ދެ ދުވަހު 13 ހަފުތާ ވާނދެން ކިޔަވައިދެއްވާނެއެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސެއްގެ ގޮތުގައި ޖިލްގެ ފިރިކަލުން ޖޯބައިޑެން ހުންނެވި ދުވަސްވަރުން ފެށިގެން ކޮމިއުނިޓީ ކޮލެޖުގައި ޖިލް ގެންދަވަނީ ކިޔަވައިދެއްވަމުންނެވެ.

ޖިލް އާއި ފިރިކަލުން އެމެރިކާގެ ރައީސް ޖޯ ބައިޑެން

ޖިލް ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ މަހާރެހެންދިއެއްގެ ގޮތުގައި ރިޔާސީ ގަނޑުވަރުގައި ހުންނަވައިގެން ވަޒީފާ އަދާކުރައްވާ ފުރަތަމަ މަހާރެހެންދިއަށެވެ.

ވައިޓް ހައުސްއަށް ވަޑައިގަތުމުގެ ކުރިން ވެސް ޖިލް ވަނީ ކިޔަވައިދެއްވުމުގެ ކަންތައް ކުރިއަށް ގެންދަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް