ކީރިތި ރަސޫލާއަށް ފުރައްސާރަކުރަން ކާޓޫނު ކުރެހި މީހާ އެކްސިޑެންޓެއްގައި މަރުވެއްޖެ

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ކީރިތި ރަސޫލާއަށް ފުރައްސާރަކުރަން ކާޓޫނު ކުރެހި މީހާ އެކްސިޑެންޓެއްގައި މަރުވެއްޖެ

ކީރިތި ރަސޫލާ އަދި މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކާޓޫނުތައް ކުރަހައި، އެކަލޭގެފާނުގެ ގަދަރާއި ހުރުމަތް ކަނޑާލަން މަސައްކަތްކުރި ސްވިޑުންގެ ކުރެހުންތެރިޔާ ލާސް ވިލްކްސް އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ލާސް މަރުވީ ފުލުހުންގެ ވެހިކަލެއްގައި ދަތުރުކޮށްފައި ދަނިކޮށް ދުއްވާފައި ދިޔަ ޓްރެކެއްގައި މުޑިއަރައި ހިނގި އެކްސިޑެންޓެއްގައެވެ. އެ ހާދިސާގައި ފުލުހުންގެ ފުޅަދުން ދަތުރުކޮށްފައި ދިޔަ ދެ މީހަކުވެސް މަރުވިއެވެ. ޓްރެކް ދުއްވަން އިންމީހާ ޒަޚަމްވިއެވެ.

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلمގެ ކާޓޫނުތައް ކުރެހިފަހުން އެކަމާ ދެކޮޅަށް މުސްލިމް އުއްމަތުގައި އުފެދު ރުޅިވެރިކަމާއި ހަމަނުޖެހުންތަކާ ގުޅިގެން ލާސް ވިލްކްސް، 75އ ގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި ސުވިޑުން ސަރުކާރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ރައްކާތެރިކަން ދީފައެވެ. އޭނާ އުޅެމުން ދަނީ ފުލުހުންގެ ހިމާޔަތުގައެވެ.

ފުލުހުން ނެރު ބަޔާނެއްގައި ބުނެފައި ވަނީ އެކްސިޑެންޓު ހިނގާފައި ވަނީ ރޭވުމެއްގެ ދަށުންކަން ނުވަތަ ނޫންކަން އަދި ނޭނގޭކަމަށެވެ.

ލާސް ވިލްކްސް، ކުރެހި ކާޓޫނުތައް ޝާއިޢު ކުރުމާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ މުސްލިމު ގައުމުތަކުގައި އެކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައިވެއެވެ. އަދި އެކަމާ ގުޅިގެން ސްވިޑުންގެ އޭރުގެ ބޮޑު ވަޒީރު ފުރެޑްރިކް ރެއިންފިލްޓް މުސްލިމް 22 ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވައި މުސްލލިމުންގެ ތެރޭގައި އުފެދިފައިވާ ރުޅިވެރިކަން ހައްލުކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.

އިރާގުގެ އަލްޤާޢިދާ ޖަމާއަތުން ވަނީ ކާޓޫނު ކުރެހި މީހާގެ ބޮލަށް އެއްލައްކަ ޑޮލަރުގެ އިނާމެއް ހުށަހަޅައި އޭނާ މަރާލުމަށް ގޮވާލާފައެވެ. އެކަމާ ގުޅިގެން ލާސަންގެ ސަލާމަތީ ކަންތައްތައް ސުވިޑުން ސަރުކާރުން ގެންދަނީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން 2015 ގައި ސުވިޑުންގެ ކޯޕަންހޭގަންގައި ބޭއްވި ބައްދަލުވުމަކަށް ލާސް ގޮސް އިންދާ ބަޑިހިފައިގެން ހުރި މީހަކު އެތަނަށް ވަދެ ލާސް މަރާލަން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އޭނާ އެފަހަރު މަރުން ސަލާމަތްވިއެވެ. ބަޑީގެ ހަމަލާގައި މަރުވީ އެ ބައްދަލުވުމުގައި ބައިވެރިވި ފިލްމު އުފައްދާ ޑައިރެކްޓަރެކެވެ.

 

ފަހުގެ އަޕްޑޭޓް