ޝިލްޕާ ޝެޓީއާއި ފިރިމީހާއަށް އިތުރު މައްސަލަތަކެއް: ވިޔަފާރިވެރިޔަކު އެ ދެމަފިރިން ގޮވައިގެން ކޯޓަށް

މަޝްހޫރު ހިންދީ ފިލްމީ ތަރިއެއްކަމުގައިވާ ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާއަށް ގާނޫނީ އިތުރު މައްސަލައެއް ކުރިމަތިވެ ކަންބޮޑުވާން ޖެހިއްޖެއެވެ. ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދަން އޮރިޔާން ފިލްމުތަކެއް އުފައްދައި އޭގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވަނިކޮށް އެ ދެމަފިރިންނަށް އަލަށް ކުރިމަތިވި މައްސަލައަކީ ދިއްލީގެ ވިޔަފާރިވެރިޔަކަށް މަކަރާއި ހީލަތް ހެދިކަމަށް ބުނެ އެ މީހާ ކޯޓަށް މައްސަލަ ހުށަހެޅުމެވެ. މައްސަލަ ހުށަހެޅި މީހާގެ ވަކީލު ބުނިގޮތުގައި ޝިލްޕާގެ ދެމަފިރިން ވިޔަފާރިއެއް ކުރުމަށް ބުނެ 41 […]

ރައީސް ޔާމީންގެ ޝަރީޢަތް: ގާޒީންގެ އިތުރަށް ޗީފް އޮފް ސްޓާފް ޢަލީ ޒާހިރަށް ޝައްކު؟

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި، ފަސް އަހަރަށް ޖަލަށް ލާން ޙުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނެވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއަކު އެ ޝަރީޢަތާ ގުޅޭ ގޮތުން ދެއްކެވި ކަމަށް ބެލެވޭ އޯޑިއޯއެއް ވަނީ ބޭޒާރުވެ، ރައީސް ޔާމީންގެ ޝަރީޢަތާއި އަދި ހުކުމާ މެދު ރާއްޖޭގެ އެތައް ހާސް ބައެއްގެ ހިތުގައި ޝައްކާއި ވަހުމު އުފެދިފައެވެ. އަދި އެ އޯޑިއޯއިން ޢަދާލަތު ޕާޓީގެ ކުރީގެ […]

އަފުޣާނިސްތާނަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ: ޠާލިބާން

”އަލްޙަމްދު ލިއްލާހި.“ އެމީހުން އުފަލުން ގޮވަމުން ދިޔައެވެ. ”އަލްޙަމްދު ލިއްލާހި.“ ޠާލިބާނުން އުފަލުން ވައިގެ ތެރެއަށް ބަޑިޖަހަމުން ދިޔައެވެ. އަފުޣާނިސްތަނުގެ ބިމުގައި ތިބި އެމެރިކާގެ ސިފައިންގެ އެންމެން ފުރައިގެން ދިއުމުންނެވެ. ”އަފުޣާނިސްތާނަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ.“ ޠާލިބާނުންގެ ތަރުޖަމާނެއްކަމުގައިވާ ސުހައިލު ޝާހީން ވިދާޅުވިއެވެ. ”ގައުމުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން މުބާރަކްބާދު ދަންނަވަން.“ އަފުޣާނިސްތަނުގައި ތިބި އެމެރިކާގެ ސިފައިގެތެރެއިން އެންމެ ފަހު މީހާވެސް މިހާރު ވަނީ ފުރައިގެން ގޮސްފައެވެ. ”މިއީ އަޅުގަނޑުމެން އެންމެންނަށް ލިބުނު […]

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މައްސަލަ ތަހުގީގު ކުރަން ހުށަހެޅި މައްސަލާގައި ބަހުސްކުރަން މަޖިލީހުން ފާހެއް ނުކުރި

ރައީސް ޔާމީނަށް ނުހައްގުން ހުކުމް ކުރުވުމަށް ފަނޑިޔާރުންނަށް ނުފޯޒުފޯރުވާ މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގު ކުރުވުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރާގޮތަށް ފާހެއް ނުވިއެވެ. އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމެއް ކޮށްފައި ވަނީ ނުހައްގުން ކަމަށާއި އެއީ ފާސިގު ހެކި އުފައްދައިގެން ކޮށްފައިވާ ސިޔާސީ […]

ކޮވިޑު ބޫސްޓަރ ވެކްސިން ޖަހަން އިޒްރޭލުން ނިންމައިފި

ބާރަ އަހަރުން މަތީގެ ކުދިންނަށާއި ބޮޑެތި މީހުންނަށް ކޮވިޑު ބޫސްޓަރ ވެކްސިން ޖަހަން އިޒްރޭލުން ނިންމައިފިއެވެ. ގައުމުގެ ބޮޑު ވަޒީރު ވިދާޅުވިގޮތުގައި މީގެ މަހެއްހާ ދުވަސްކުރިން އިސް މީހުންގެ މެދުގައި ފެށި ވެކްސިން ކެމްޕެއިނުން ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކުރިމަލިވާ ބަލިތައް ވަނީ ވަރަށް ބޮޑަށް މަދުކުރެވިފައިކަމަށެވެ. އިޒްރޭލުގެ ސިއްހަތާ ބެހޭ އިސް އޮފިޝަލުން މިދިޔަ އާދިއްތަ ދުވަހު މަޢުލޫމާތު ދިން ގޮތުގައި ޖަހާތާ ހަ މަސްދުވަހުގެ ތެރޭގައި ފާއިޒާ ބައޮންޓެކް ވެކްސިނުގެ އަސަރު ކުޑަވެގެން ދެއެވެ. […]

އަކްޝޭގެ ފިލްމު ”ބެލް ބޮޓަމް“އާ ދެކޮޅަށް ދަނޑުވެރިން މުޒާހަރާކޮށްފި

ފިލްމީ ތަރި އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު ”ބެލް ބޮޓަމް“އާ ދެކޮޅަށް ދަނޑުވެރިން މަގުމައްޗަށް ނިމުމެ މުޒާހަރާކޮށްފިއެވެ. އިންޑިއާގެ ޕަންޖާބުގެ ޕަޓިޔާލާގައި މުޒާހަރާ ކުރަމުންދާ މީހުން އިންޑިއާގެ ސިނަމާތަކުގައި އަކްޝޭ ކުމާރުގެ ފިލްމު ”ބެލް ބޮޓަމް“ ދެއްކުމާ ދެކޮޅަށް އަޑު އުފުލައި ނުރުހުން ފާޅުކޮށްފައި ވަނީ ދަނޑުވެރިންގެ މުޒާހަރާތަކާ ގުޅިގެން އަކްޝޭ ދެއްކި ވާހަކަތަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ. އަކްޝޭ ބުނިގޮތުގައި ސަރުކާރުން ދަނޑުވެރިކަމުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ދަނޑުވެރިން ކުރަމުންދާ މުޒާހަރާއަކީ ޕްރޮޕެގެންޑާއެއްކަމަށެވެ. […]

އާސެނަލް ތިން މެޗުން ތިން ބަލިވެ ލީގުގެ އެންމެ ފުލުގައި

ސެންޓަރ ފޯވާޑެއް ނުލިބިގެން މުޅިދުނިޔޭގައި ދާ އަޅަމުންދާ މެންޗެސްޓަރ ސިޓީއާއި އާސެނަލް މިއަދު ހަވީރު ބައްދަލުކުރި މެޗުގެ 12 މިނިޓުއިރު ހޭދަވެގެން ދިޔަ އިރު ސިޓީން އޮތީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނިޓުގައި ޖެހީ ގުންޑޮގާންއެވެ. އޭގެ ހަ މިނިޓު ފަހުން ފެރާން ލަނޑެއް ޖަހައި ސިޓީއަށް އައު ހިތްވަރެއް ހޯދައިދިނެވެ. އެ ދެ ލަނޑުވެސް ސިޓީން ޖެހީ އާސެނަލްގެ ދިފާއީ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ. މެޗުގެ 36 ވަނަ […]

”އިންގްލިޝް މީޑިއަމް ސިސްޓަމް ސިކުނޑި އަޅުވެތިކޮށް ދީނާއި ސަގާފަތާ ދުރުކޮށްފި“

އިނގްލިޝް މީޑިއަމް ސިސްޓަމުގެ ސަބަބުން ތައުލީމީ ނިޒާމުގެ ފެންވަރު ދަށްވެ ސިނކުނޑި އަޅުވެތިވުމާއެކު އިސްލާމީ އުސޫލުތަކާއި ސަގާފަތާއި ދުރުވެފައިވާކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ. ޢިމްރާން ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދޭންވީ އަމިއްލަ ބަހުންކަމަށެވެ. އަމިއްލަ މީޑިއަމަކަށް ކަމަށެވެ. ދަރިވަރުންނަށް ކިޔަވައިދިނުމާއެކު ދަރިވަރުން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންޖެހިފައިވާކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ. “ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސިޔަރަތާ ގުޅޭ ގޮތުން […]

މޫނު ނިވައި ކުރުމާއި ނުކުރުން އަންހެނުން އެދޭ ގޮތަކަށް: ޠާލިބާނުންގެ ތަރުޖަމާނު

ޠާލިބާނުންގެ ބާރުގެ ދަށަށް އަފުޣާނިސްތާނު ދިއުމާއެކު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަޑުފަތުރަން ފެށީ ޠާލިބާނުން އަފުޣަނިސްތާނުގެ ހުރިހާ އަންހެނުން މޫނު ބުރުގާ އަޅުވައި އޮފީހަށާއި މަސައްކަތަށް ނުނިކުމެވޭނެގޮތް ހަދައި އަންހެނުން އަޅުވެތި ކުރާނޭކަމަށެވެ. އަންހެނުންގެ ހައްގުތައް ގެއްލޭނޭކަމަށެވެ. އަންހެނުންގެ ހައްގުތައް ޠާލިބާނުން ނިގުޅައިގަންނާނެ ކަމަށެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ކޮންމެ އެއްޗެކޭ ކިޔައި ޠާލިބާނުން ބަދުނާމުކުރިޔަސް، ޠާލިބާނުން ބުނަމުންދަނީ އަންހެނުންނާއި މުޖުތަމިއުގެ ހުރިހާ އަފުރާދުންގެ އަސާސީ ހައްގުތަކަށް ޠާލިބާނުން އިހުތިރާމު ކުރާނޭ ކަމަށެވެ. ދޯހާގައި ހުންނަ ޠާލިބާނުންގެ […]

ނާކާމިޔާބު ހަނގުރާމައަކަށްފަހު އެމެރިކާއިން އަފުޣާނިސްތާނުގެ ރައްޔިތުން ފޭރެނީ

ހަނގުރާމައަކުން ބަލިވެގެން ފިލަން ދުވާއިރު ބައެއް މީހުން ދުވާނީ ފުރާނަ ސަލާމަތްކުރުމުގެ ބޭނުމުގައެވެ. އަނެއްބަޔަކު ދުވާނީ އަތުޖެހުނު އަގުބޮޑު އެއްޗެއް ހިފައިގެންނެވެ. މިއަދު އަފުޣާނިސްތާނުން ފެންނަނީ އެމެރިކާގެ ސިފައިން 20 އަހަރުގެ ދިގު ނާކާމިޔާބު ހަނގުރާއެއްކޮށް ބަލިވެގެން ފިލަން ދުވަމުން ވެސް އެ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލުކަމަށް ބެލެވޭ ހުނަރުވެރި ރައްޔިތުން ފޭރިގެން އެމެރިކާއާށާއި ހުޅަނގުގެ ގައުމުތަކަށް ގެންދާ މަންޒަރެވެ. ސިޔާސީ މުހާޖިރުންގެ ގޮތުގައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވިގޮތުގައި އަފުޣާނިސްތާނުގައި ތިބި އެމެރިކާ […]