"އިންގްލިޝް މީޑިއަމް ސިސްޓަމް ސިކުނޑި އަޅުވެތިކޮށް ދީނާއި ސަގާފަތާ ދުރުކޮށްފި"

Loading

Facebook
Twitter
WhatsApp

އިނގްލިޝް މީޑިއަމް ސިސްޓަމުގެ ސަބަބުން ތައުލީމީ ނިޒާމުގެ ފެންވަރު ދަށްވެ ސިނކުނޑި އަޅުވެތިވުމާއެކު އިސްލާމީ އުސޫލުތަކާއި ސަގާފަތާއި ދުރުވެފައިވާކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ޢިމްރާން ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދޭންވީ އަމިއްލަ ބަހުންކަމަށެވެ. އަމިއްލަ މީޑިއަމަކަށް ކަމަށެވެ. ދަރިވަރުންނަށް ކިޔަވައިދިނުމާއެކު ދަރިވަރުން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންޖެހިފައިވާކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ.

“ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސިޔަރަތާ ގުޅޭ ގޮތުން ވެސް ދަރިވަރުންނަށް ތަޢުލީމު ދޭންޖެހޭ.“ އޭނާ ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ އިނގްލިޝް މީޑިއަމަށް ކިޔަވައި ދިނުމުގެ ސަބަބުން އެ ގައުމުގެ ގިނަ ބައެއްގެ ސިކުނޑި އަޅުވެތިވެފައިވާ ކަމަށާއި އަމިއްލަ ބަހުން ދަރިވަރުންނަށް ކިޔަވައިދިނުމަކީ މުހިއްމު ކަމެއްކަމަށެވެ.

ޕާކިސްތާނުގައި އަންހެނުންނާ ދެކޮޅަށް ހިންގާ ލަދުވެތި އަމަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޢިމްރާން ވިދާޅުވީ އެފަދަ އަމަލުތައް ހިންގަނީ ދަރިވަރުން ރަނގަޅަށް ތަރުބިއްޔަތު ނުކުރެވޭތީ ކަމަށެވެ.

ޢިމްރާން ބޮޑު ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވާފައިވާ ކަންތައްތަކުގެތެރޭގައި ގައުމުން ކޮރަޕްޝަން ނައްތާލެއްވުމާއި ނިރުބަވެރިކަމުން ގައުމު ސަލާމަތް ކުރެއްވުން ހިމެނެއެވެ. އަދި ޕާކިސްތަނަކީ ތަރައްގީވެފައިވާ ވަރުގަދަ އިސްލާމީ ވެރިކަމެއް ހިނގާ ގައުމަކަށް ހެއްދެވުމަށް ފާއިތުވި ތިން އަހަރުގެތެރޭގައި ޢިމްރާން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް