މޫނު ނިވައި ކުރުމާއި ނުކުރުން އަންހެނުން އެދޭ ގޮތަކަށް: ޠާލިބާނުންގެ ތަރުޖަމާނު

Loading

Facebook
Twitter
WhatsApp

ޠާލިބާނުންގެ ބާރުގެ ދަށަށް އަފުޣާނިސްތާނު ދިއުމާއެކު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަޑުފަތުރަން ފެށީ ޠާލިބާނުން އަފުޣަނިސްތާނުގެ ހުރިހާ އަންހެނުން މޫނު ބުރުގާ އަޅުވައި އޮފީހަށާއި މަސައްކަތަށް ނުނިކުމެވޭނެގޮތް ހަދައި އަންހެނުން އަޅުވެތި ކުރާނޭކަމަށެވެ. އަންހެނުންގެ ހައްގުތައް ގެއްލޭނޭކަމަށެވެ. އަންހެނުންގެ ހައްގުތައް ޠާލިބާނުން ނިގުޅައިގަންނާނެ ކަމަށެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ކޮންމެ އެއްޗެކޭ ކިޔައި ޠާލިބާނުން ބަދުނާމުކުރިޔަސް، ޠާލިބާނުން ބުނަމުންދަނީ އަންހެނުންނާއި މުޖުތަމިއުގެ ހުރިހާ އަފުރާދުންގެ އަސާސީ ހައްގުތަކަށް ޠާލިބާނުން އިހުތިރާމު ކުރާނޭ ކަމަށެވެ. ދޯހާގައި ހުންނަ ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާނު ސުހައިލު ޝާހީނު ވިދާޅުވީ ޠާލިބާނުންގެ ވެރިކަމުގައި އަންހެނުންގެ މޫނު ނިވައިކުރުމާއި ނުކުރުން ބިނާވެފައި އޮންނާނީ އަންހެނުން ބޭނުން ގޮތަކަށް ކަމަށެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން އަފުޣާނިސްތާނުގެ ވެރިކަން ކުރި ދުވަސްވަރު އަންހެނުން ފަރުދާގައި އުޅުން މަޖުބޫރު ކުރާފަދަ ހަރުކަށި ގަވައިދުތަކެއް ޠާލިބާނުން ގެންގުޅުނެވެ. ނަމަވެސް ކުރީގެ ޠަލިބާނުންނާއި މިހާރުގެ ޠާލިބާނުންނާ ދެމެދު ވަރަށް ބޮޑު ތަފާތެއް ފެންނަމުން އެބަދެއެވެ.

ސުހައިލް ޝާހީން ވިދާޅުވިގޮތުގައި ކާބުލްގައި މީޑީގައި ވަޒީފާ އަދާކުރާ އަންހެނުން އުޅެނީ އިސްތަށިގަނޑު ނިވައިކޮށްގެންނެވެ. އެމީހުން އަޅަނީ ސްކާފްތޯ ނޫނީ އެހެން ވައްތަރެއްގެ ބުރުގާއެއްތޯ ތިބޭނީ މޫނު ބުރުގާ އަޅައިގެންތޯ ނިންމާނީ އަދާކުރާ ވަޒީފާގެ ގޮތުން އެމީހުންނެވެ.

ސުހައިލު ވިދާޅުވި ގޮތުގައި ކުރިމަގުގައި އަފުޣާނިސްތާނުގެ އަންހެނުން ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރަމުންދާތަން ފެންނާނެއެވެ.

ޠާލިބާންގެ ބާރުގެ ދަށަށް އަފުޣާނިސްތާނު ދިއުމުގެ ކުރިން އަދި މިހާރު ވެސް ޠާލިބާންގެ އެންމެ އިސްވެރިން ވިދާޅުވަމުން ގެންދަވަނީ އަފުޣާނިސްތާނުގައި ހިންގާނީ އިސްލާމީ ވެރިކަމެއްކަމަށެވެ. އެފަދަ ވެރިކަމެއްގައި އަންހެނުން އެންމެ ކުޑަމިނުން އެ ކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ނިވައި ކުރަންޖެހޭނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް