އަކްޝޭގެ ފިލްމު "ބެލް ބޮޓަމް"އާ ދެކޮޅަށް ދަނޑުވެރިން މުޒާހަރާކޮށްފި

Loading

Facebook
Twitter
WhatsApp

ފިލްމީ ތަރި އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު ”ބެލް ބޮޓަމް“އާ ދެކޮޅަށް ދަނޑުވެރިން މަގުމައްޗަށް ނިމުމެ މުޒާހަރާކޮށްފިއެވެ.

އިންޑިއާގެ ޕަންޖާބުގެ ޕަޓިޔާލާގައި މުޒާހަރާ ކުރަމުންދާ މީހުން އިންޑިއާގެ ސިނަމާތަކުގައި އަކްޝޭ ކުމާރުގެ ފިލްމު ”ބެލް ބޮޓަމް“ ދެއްކުމާ ދެކޮޅަށް އަޑު އުފުލައި ނުރުހުން ފާޅުކޮށްފައި ވަނީ ދަނޑުވެރިންގެ މުޒާހަރާތަކާ ގުޅިގެން އަކްޝޭ ދެއްކި ވާހަކަތަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

އަކްޝޭ ބުނިގޮތުގައި ސަރުކާރުން ދަނޑުވެރިކަމުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ދަނޑުވެރިން ކުރަމުންދާ މުޒާހަރާއަކީ ޕްރޮޕެގެންޑާއެއްކަމަށެވެ.

ދިގު އިންތިޒާރަކަށް ފަހު ދައްކަން ފެށި އަކްޝޭގެ ”ބެލް ބޮޓަމް“އާ ދެކޮޅަށް އަޑުއުފުލަމުންދާ ދަނޑުވެރިން ބުނަމުން ދަނީ ފިލްމު ދެއްކުން ހުއްޓާލުމަށެވެ. އެމީހުން ބުނާ ގޮތަށް ނަހަދައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެކަމަށެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަކްޝޭގެ ”ބެލް ބޮޓަމް“އަށް ބައެއް މީހުން ތައުރީފު ކުރަމުންދާއިރު އަނެއްބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

”ބެލް ބޮޓަމް“ގައި ހަގީގަތާ ޚިލާފު ހާދިސާތަކެއް ގެނެސްދީފައިވާކަމަށް ބުނެ ސައުދީ އަރަބިޔާއާއި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުގައި އެ ފިލްމު ދެއްކުން ވަނީ މަނާ ކުރެވިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް