ރައީސް ޔާމީންގެ ޝަރީޢަތް: ގާޒީންގެ އިތުރަށް ޗީފް އޮފް ސްޓާފް ޢަލީ ޒާހިރަށް ޝައްކު؟

913

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި، ފަސް އަހަރަށް ޖަލަށް ލާން ޙުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނެވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއަކު އެ ޝަރީޢަތާ ގުޅޭ ގޮތުން ދެއްކެވި ކަމަށް ބެލެވޭ އޯޑިއޯއެއް ވަނީ ބޭޒާރުވެ، ރައީސް ޔާމީންގެ ޝަރީޢަތާއި އަދި ހުކުމާ މެދު ރާއްޖޭގެ އެތައް ހާސް ބައެއްގެ ހިތުގައި ޝައްކާއި ވަހުމު އުފެދިފައެވެ. އަދި އެ އޯޑިއޯއިން ޢަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ގާޒީންނާ ގުޅުއްވައި ވާހަކަތަކެއް ދެއްކެވިކަމަށް ވެސް ހާމަވެގެން ދިއުމުން ރައީސް ޔާމީނުގެ ޝަރީޢަތުގެ މައްޗަށް ވަރަށް ބޮޑަށް ސަރުކާރުން ނުފޫޒު ފޯރުވާން މަސައްކަތްކޮށްފައިވާކަމުގެ ޝައްކުތައް ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފައެވެ.

ރައީސް ޔާމީނުގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްއާއި ޕީއެންސީގެ ބޭފުޅުންތަކެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ހޯމަދުވަހު ވަޑައިގަތުމުން އެ ބޭފުޅުންނާއި ބައްދަލު ކުރެއްވީ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރެވެ.

ކުރީގެ ރައީސް، ޔާމީނުގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.

ޝިޔާމުގެ ވާހަކަފުޅުގައި މީޑިޔާގައި ފެތުރެމުންދާ އޯޑިޔޯތަކަށް އިޝާރާތްކުރައްވައި އެއީ ރައީސް ޔާމީނުގެ ސަރީޢަތް ހިންގެވި ތިން ފަނޑިޔާރެއްގެ އޯޑިޔޯކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި އެފަދަ އޯޑިޔޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ޝިޔާމު ވަނީ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރުގެ އޯޑިޔޯތައް ވެސް ހުރިކަމަށް ވިދާޅުވެ ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަކަށް ޢަލީ ޒާހިރު ވެސް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ.

ޢަލީ ޒާހިރު ޕީޕީއެމް، ޕީއެންސީގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވަނީ

މި ތުހުމަތުތަކަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިޔޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކަކަށް ވާތީކަމުގައެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ދޮގުކުރެއްވިއެވެ.

ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުސަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި ޢަލީ ޒާހިރު ފާހަގަކުރެއްވިއެވެ.

ޢަދާލަތު ޕާޓީއަކީ އަބަދުވެސް ހަމަހަމަކަމާއި ޢަދުލު އިންސާފު ދަމަހައްޓައި ޙައްޤާއި މިނިވަންކަމުގެ މައްޗަށް ބިނާވެފައިވާ، އަދި އިސްލާމް ދީނަށް ޙުމަތްތެރިކޮށް ހިތާ ސަރުކާރެއް ދިވެހި ދައުލަތުގައި ގާއިމުކުރުމަށް ބުނަމުންދާ ޕާޓީއެއް ކަމަށް ވާއިރު ޢަދާލަތު ޕާޓީގެ އެންމެ އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަލީ ޒާހިރުގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވުމުން ޕާޓީގެ މަގުސަދާމެދު ސުއާލުތަކެއް ވަނީ އުފެދިފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާނާއި ޢަލީ ޒާހިރުގެ މޫނުމަތި ރީތި ކުރަން މީޑިއާތަކާއި މަޝްވަރާކޮށް އެ ދެ ބޭފުޅުންގެ “ގަދަ” ވާހަކަތައް މީޑިއާތަކަށް ގެނައުމަށް އެ ދެ ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޢަދާލަތު ޕާޓީއަކީ އެމްޑީޕީ ކޯލިޝަންގެ ބައިވެރިއަކަށް ވިޔަސް އެމްޑީޕީގެ ވަރަށް ގިނަ އިސް ބޭފުޅުން ގެންދަވަނީ ޢަދާލަތު ޕާޓީއަށް ބަދުބަސް ބުނަމުންނެވެ.

ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންގެ އިތުރަށް ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމަކީ ގާޒީންގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކޮށްފައިވާ “ހަރާމް” ހުކުމެކެވެ.

 

4 ހިޔާލުތައް

  1. އޯ ޢަދާލަތު! އެޕާޓީ އުފެއްދި ބަޔަކު ވެދާނެ ވަރަށް ލަފާ އުންމީދެއްގައި އުފެއްދި ޕާޓީއެއްކަމަށް . ނަމަވެސް މިހަރު އެއީ ހަމަ ޖޭޕީ ކަހަލަ ޕާޓީއެއް. ކޮންމެ ކަމެއްގައި އަދި ކޮންމެ އެއްޗެއްގައި ޕްރައިސް ޓެގެއްވާކަމަށް ދެކޭބައެއް މިހާރުގެ ލީޑަރުންނަކީ. ދެން އެ ގެންގުޅުއްވާ ބޮޑު ޝެއިޚުއާއި ޔުނިވާސިޓީ ޝޭޚު އެޕްރޫވަލް ތައްގަނޑު ޖަހާނީ. ދެން އެ ޙަލާލުވީ. ދެކެބަލަ ޖީއެމްއަރ އަތުން އެއަރޕޯޓްއަތުލަން ބޮޅުގައި ރަތްފޮތިބަދެގެން ޖެއްސި ސްޓަންޓް. މިހާރު އިންޑިއާ މުޅީ ދިވެހިރާއްޖެ ކަބުޒާކުރާއިރުވެސް އެތިބީނު އޯކޭވެފަ. ސަހަރޯއޭ ހިތަށްއަރައެވެ.! ދީނަށްޓަކާއި..

    • ވަރަށްރަގަނޅުވާހަކައެއް އިދިކޮޅު ފަރާތްތަކުން އެވިދާޅުވީ ރައީސް ޔާމީން ހިންގެވި ޖަރީމާތަކު ގައި ބައިވެރި ނުވާ އެންމެން ވެސް ތިބީ ރައީސް ޔާމީން އާއި ދެކޮޅަށް ނިކުމެފައި

  2. އެލީކުގައި އަލިއްޕި ވިދާލުވިކަމަށް ގަޒީ ވިދާޅުވީ ޔާމީނަށް ޙުކުމް ކުރުމުން މަގާމުގެ ކުރިއެރުންވެސް ލިބޭނެކަމަށް. އެވެސް ވާނީ ދޮގަކަށްތާ؟ އެހެނީ އަލިއްޕެޔަކީ އަދާލަތު ޕާޓީގެ ބޮޑެއް. ދޮގެއް ނަހައްދަވާނެ. ރައީސްވިދާޅުވާ ގޮތަކަށް ކަންތައްކުރަށްވާނީ. ހިބަރު ވަދު ޖެހުނީވެސް އެފަދަގޮތަކަށޯ. މިބޭފުޅުން އޭރުގެ ސުޕްރީމް ކޯޓުގެ ބޮޑުންނަށްވެސް ޔާމީނު ފޭލްކޮށްލެވުމުން އިރުތު އިނާޔަތްތަށްލިބި އެމަގާމުގެ ކުރިއެރުން ލިބޭނެކަމަށް ބުނި. ވީގޮތް އެންމެނަށްވެސް އެގޭތާ؟!!

  3. އެބޭފުޅުންނަށް ޝައްކު ކުރަށްވާފަ ބަހަށްޓަވާ. 2023ގައި ވީނުވީގޮތް ކީފަރިހިތަށް ވަރަށް ރަނގަޅަށް އެނގޭނެ. ދެން ލީކުވާނީ އެތަކެތިން ބަޔެކޯލަ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ