ޝިލްޕާ ޝެޓީއާއި ފިރިމީހާއަށް އިތުރު މައްސަލަތަކެއް: ވިޔަފާރިވެރިޔަކު އެ ދެމަފިރިން ގޮވައިގެން ކޯޓަށް

Loading

Facebook
Twitter
WhatsApp

މަޝްހޫރު ހިންދީ ފިލްމީ ތަރިއެއްކަމުގައިވާ ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާއަށް ގާނޫނީ އިތުރު މައްސަލައެއް ކުރިމަތިވެ ކަންބޮޑުވާން ޖެހިއްޖެއެވެ.

ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދަން އޮރިޔާން ފިލްމުތަކެއް އުފައްދައި އޭގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވަނިކޮށް އެ ދެމަފިރިންނަށް އަލަށް ކުރިމަތިވި މައްސަލައަކީ ދިއްލީގެ ވިޔަފާރިވެރިޔަކަށް މަކަރާއި ހީލަތް ހެދިކަމަށް ބުނެ އެ މީހާ ކޯޓަށް މައްސަލަ ހުށަހެޅުމެވެ.

މައްސަލަ ހުށަހެޅި މީހާގެ ވަކީލު ބުނިގޮތުގައި ޝިލްޕާގެ ދެމަފިރިން ވިޔަފާރިއެއް ކުރުމަށް ބުނެ 41 ލައްކަ 33 ހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ އިންވެސްޓު ކުރުވުމަށްފަހު ފައިދާއަށް ދޭންޖެހޭ ފައިސާ ނުދީ އެ ފައިސާ ވެސް އެ ދެމަފިރިން ވަނީ ބޭނުންކޮށްފައެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި އެ ފައިސާ ގާނޫނާ ޚިލާފަށް ބޭނުންކޮށްފައިވާކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ޝިލްޕާގެ ފިރިމީހާ ރާޖު އޮރިޔާން ފިލްމު އުފައްދައި އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން ބަންދުގައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ރާޖުއާ ދެކޮޅަށް ފުލުހުންވަނީ ގިނަ ހެކިތަކެއް ހޯދާފައެވެ.

ރާޖު ހިންގާފައިވާ ގާނޫނާ ޚިލާފު ކަންތައްތަކުގެ ސަބަބުން ޝިލްޕާ ބަދުނާމުވުމުގެ އިތުރަށް އޭނާއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކައިވެނި ރޫޅާލުމަށް ޝިލްޕާ ވިސްނަމުން ދާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް