ތުރުކީއަށް އެމެރިކާގެ އިންޒާރެއް

Loading

Facebook
Twitter
WhatsApp

އެމެރިކާއާއި ނޭޓޯ އާއި އެހެން ގައުމުތަކުން ނުރުހުން ފާޅުކުރި ކަމުގައިވިޔަސް ތުރުކީއިން ގަންނަ ދެވަނަ ރަޝިޔަން މިސައިލް ޑިފެންސް ސިސްޓަމް ގަންނާނެކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސީބީއެސްއަށް ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތުރުކީވިލާތުގެ ދިފާއީ ނިންމުންތައް ނިންމާނީ އެހެން ގައުމު ތަކަކަށް ބެލުމެއްނެތި އެ ގައުމުން އަމިއްލައަށް ކަމަށެވެ.

މި އިންޓަވިއުގައި އުރްދުޣާން ވަނީ އެމެރިކާއިން އުފައްދާ ޕެޓްރިއޮޓް މިސައިލް ގަތުމުގެ ފުރުސަތު ތުރުކީވިލާތަށް ލިބިފައި ނުވާ ކަމާއި 1.4 ބިލިއަން ޑޮލަރު ދެއްކުމުން ވެސް އެފް-35 ގެ ޖެޓް ވެސް އެމެރިކާއިން ދީފައި ނުވާކަން ފާހަގަ ކުރައްވާފައެވެ.

”ކުރިއަށް އޮތް ތާނގައި އެއްވެސް ފަރާތަކަށް ތުރުކީވިލާތުން ހޯދާނީ ކޮން ޑިފެންސް ސިސްޓަމެއް ކަން ބުނުމުގެ ފުރުސަތެއް ނޯންނާނެ. ކިތަންމެ ވަރުގަދަ ގައުމެއްވިޔަސް، މިކަމަކާ އެއްވެސް ގައުމަކަށް ނުބެހެވޭނެ. މި ނިންމުންތައް ނިންމާނީ އަމިއްލައަށް.“ އާދިއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި އުރްދުޣާން ވިދާޅުވެފައި ވެއެވެ.

ރަޝިއާގެ އެސް-400 ގަތުމާ ގުޅިގެން ތުރުކީ ވަނީ ނޭޓޯގެ އެފް-35 ޕްރޮގްރާމުން ވަކިކޮށްފައެވެ. ރަޝިއާގެ ދިފާއީ އުފެއްދުންތައް ގަތުމަކީ އެމެރިކާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރާ ކަމެކެވެ. މިކަމުގެ ސަބަބެއް ކަމުގައި އެމެރިކާއިން ބުނަނީ ރަޝިއާގެ ސިސްޓަމްތަކަކީ އެފް-35އަށް ނުރައްކާ ވެދާނެ އެއްޗަކަށް ވާކަމެވެ. ނަމަވެސް ތުރުކީ އިން ވަނީ އެސް-400 ދިފާއީ ސިސްޓަމް ނުރައްކަލަކަށް ނުވާނެކަމަށް ބުނެފައެވެ. އެސް-400 ސިސްޓަމުގެ ދެވަނަ ބެޗް ތުރުކީއަށް ގެނެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރުންތައް ތުރުކީ އާއި ރަޝިއާއާ ދެމެދު ދަނީ ކުރަމުންނެވެ.

 

Loading

One Response

  1. އެމެރިކާ އަށް އެހެން ހުރިހާ ގައުމަކަށް އިންޒާރު ދިނުމާއި ބަސްނާހައިފިނަމަ ބޮންއަޅާ ކާޕެޓް ބޮމިންގްކޮށް ގައުމުތައް ފަނާކުރެވެނީ ކޮން ގާނޫނެއްގެ ދަށުންތޯއެވެ. މިއީ ހަމަ ކަނޑުގެ އުސޫލެވެ. ނުވަތަ ޖަންގަލީގެ އުސޫލު ނޫންތޯއެވެ. ބާރުގަދަ ބޮޑު ގޮލާ އެހެން އެއްޗެތި ކާލުން ނުވަތަ ފަނާކޮށްލުމެއް ނޫންހެއްޔެވެ. މިއަށް މަމެން މިކިޔަނީ ޑިމޮކްރެސީތޯއެވެ. ނުވަތަ ދުނިޔޭގެ ހަމަޖެހުންތޯއެވެ. ބަލާވެރިކަމެއް ނޫންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް