ބެން އެންޑް ޖެރީ އައިސް ކްރީމް: އިޒްރޭލުގެ ދުޝްމިނެއް

މިދިޔަ ހަފްތާގެ ތެރޭގައި މަޝްހޫރު އައިސް ކްރީމް ބްރޭންޑެއް ކަމުގައިވާ ބެން އެންޑް ޖެރީން ވަނީ އިޒްރޭލުގެ އެއްވެސް ސަރަހައްދަކަށް އެ ބްރޭންޑުގެ އައިސްކްރީމް ނުވިއްކާނެކަން އިއުލާނުކޮށްފައެވެ. އެ ކުންފުނިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ ބިންތައް ނުހައްގުން ފޭރިގަނެ، ލާއިންސާނީ އަމަލުތައް ހިންގަމުން ދާ އިރު އިޒްރޭލަށް އެ ކުންފުނީގެ އެއްވެސް އެއްޗެއް ވިއްކުމަކީ އިންސާނިއްޔަތުކަމާ ޚިލާފުކަމެއް ކަމުގައި އެ ކުންފުނިން ދެކެއެވެ. އެހެންކަމުން […]

ދެވަނަ ފަހަރަށް ފުރަބަންދު އިއުލާނު ކުރުމާ ގުޅިގެން ޔޫރަޕުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ

އަންގާރަ ދުވަހާއި އާދިއްތަ ދުވަހު ޔޫރަޕުގެ އެކި ސަރަހައްދުތަކުގައި އެ ގައުމުގެ ގިނަ ބަޔަކުއެއްވެ ވަނީ މުޒާހަރާތައް ބާއްވާފައެވެ. މި އެއްވުންތަކުގެ ބައިވެރިން ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ ފުރަބަންދާމެދު ނުރުހުން ފާޅުކޮށްފައެވެ. މިގޮތުން އޮސްޓްރިޔާ، ބެލްޖިޔަމް، ބަލްގޭރިއާ، ޑެންމާކް، ފިންލޭންޑް، ޖަރުމަނު، ރުމޭނިޔާ އަދި އިނގިރޭސިވިލާތުގެ މީހުން ވަނީ މުޒާހަރާތަކުގައި ބައިވެރިވެފައެވެ. ސްވީޑަންގެ ސްޓޮކްހޯމްގައި ފުލުހުންވަނީ މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. އެއީ ސަރުކާރުން އިއުލާނުކޮށްފައިވާ ކޮވިޑް ގައިޑްލައިންއާ ޚިލާފަށް އެއްވުން ބޭއްވި މައްސަލައިގައެވެ. ނެދަލޭންޑްސްގައި […]

އެއާރ އޭޝިޔާގެ ޕެސެންޖާ ކްރެޑިޓް ވެލިޑިޓީ ތިން އަހަރަށް އިތުރުކޮށްފި

މި އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ކުރިން ކްރެޑިޓް އިޝޫކޮށްފައިވާ ކަސްޓަމަރުންގެ ކްރެޑިޓް މުއްދަތު ހަމަވާ ތާރީޚު ތިން އަހަރަށް އިތުރު ކުރުމަށް ނިންމައި އެއަރ އޭޝިޔާއިން އެކަން އިއުލާނުކޮށްފިއެވެ. އެއަރ އޭޝިއާން ބުނިގޮތުގައި ކުރިން ދޫކޮށްފައިވާ ހުރިހާ ކްރެޑިޓަކަށްވެސް މި ގަވައިދު ތަންފީޒު ކުރެވިގެންދާނެއެވެ. އެއަރ އޭޝިއާގެ ގްރޫޕް ޗީފް ކަސްޓަމަރ ހެޕިނެސް އޮފިސަރ، އާދަމް ގަނީވާރ ބުނިގޮތުގައި ތިން އަހަރުދުވަހަށް ކްރެޑިޓް އެކައުންޓްގެ މުއްދަތު އިތުރުކޮށްދިނުމުގެ އިތުރުން ބޭނުންވާ ކޮންމެ ވަގުތަކު ފްލައިޓް […]

އިޒްރޭލުގެ ޕެގަސަސް ސްޕައިވެއާރގެ ސަބަބުން މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް

އިޒްރޭލުގެ ކުންފުންޏެއް ކަމުގައިވާ އެން.އެސް.އޯގެ ސޮފްޓްވެއާރއެއް ކަމުގައިވާ ޕެގަސަސް ސްޕައިވެއާރ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރއުޅެމުންދާ މީހުންގެ ފޯނުތައް ހެކުކޮށްފައިވާކަން ދާދިފަހުން ހާމަވުމާ ގުޅިގެން އިޒްރޭލު ސަރުކާރުން މިދިޔަ ބުރާސްފަތިދުވަހު ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ނިންމާފައެވެ. އިޒްރޭލުގެ ފޮރިން އެފެއާސް އެންޑް ޑިފެންސް ކޮމިޓީން ވަނީ މިކަމާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކުރުމަށް ނިންމައި ބުރާސްފަތިދުވަހު އެކަން އިއުލާނުކޮށްފައެވެ. މިކަން ކުރުމަށް ނިންމާފައިވަނީ އެކި ގައުމުތަކުގެ އިސް ވެރިންނާއި، އިދިކޮޅު ޕާރޓީތަކުގެ އިސް […]

ޖަމާލް ޚަޝޯގީ މަރުވުމުގެ ކުރިން އޭނާގެ އަންހެނުންނަށް ސްޕައިވެއާރގެ ހަމަލާއަކާ ކުރިމަތިލާން ޖެހުނު

ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި ހެދި ޑިޖިޓަލް ފޮރެންސިކް އެނަލަސިސްއިން ހާމަވެފައިވާ ގޮތުގައި އޭނާ މަރާލުމުގެ ކުރިން އޭނާ އާއި އެންމެ ގާތްކޮށް އުޅުނު ދެ އަންހެނުންގެ ފޯނަށް އަމާޒުކޮށް ބަޔަކުމީހުން ވަނީ ސްޕައިވެއާރ އެޓޭކްއެއް ދީފައެވެ. މިކަމަށް ބޭނުންކޮށްފައިވަނީ އެން.އެސް.އޯ ޕެގަސަސް ގްރޫޕްގެ ސްޕައިވެއާރއެކެވެ. ކަޝޯގީގެ އަންހެނުން، ހަނާން އެލަޓާ ގެންގުޅުނު އެންޑްރޮއިޑް ފޯނު ވަނީ ޖަމާލް ޚަޝޯގީ މަރާލުމުގެ ހަ މަސް ކުރިން ޕެގަސަސް ސްޕައިވެއާރ ބޭނުންކޮށްގެން ހެކްކުރުމަށް ކޮންމެވެސް މީހަކު މަސައްކަތްކޮށްފައެވެ. މި […]

އަފްޣާނިސްތާނުގައި ޠާލިބާނުން ކުރަމުންދާ އަނިޔާ ހުއްޓުމަށް އުރްދުޣާން ގޮވާލައްވައިފި

އިސްތަންބޫލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ތުރުކީވިލާތުގެ ރައީސް، ރަޖެބް ޠައްޔިބް އުރްދުޣާން ވަނީ ޠާލިބާނުން އަފްޣާނިސްތާނުގައި ހިންގަމުންދާ އަމަލުތަކަކީ އެއް މުސްލިމަކު އަނެއް މުސްލިމަކާ ދޭތެރޭ އަމަލުކުރަން އެކަށީގެންވާ ގޮތެއް ނޫންކަމުގައި ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ޠާލިބާނުންނަށް އެމީހުންގެ މުސްލިމް އަޚުން ކަމުގައިވާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ބިންތައް ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އުރްދުޣާން ވިދާޅުވެފައިވާ ގޮތުގައި ތުރުކީވިލާތުން މިހާރު ދަނީ ޠާލިބާނުންނާ އެކު ސުލްހައިގެ މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންނެވެ. މި ވާހަކަތަކުގެ ތެރޭގައި އެ ޖަމާއަތުން ކާބުލް އެއާރޕޯޓް […]

އަފްޣާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ އަންހެން ދަރިފުޅު ރަހީނުކުރުމަށްފަހު ދޫކޮށްލައިފި

އަފްޣާނިސްތާނުން ފާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ނަޖީބް ޢަލީޚިލްގެ އަންހެން ދަރިފުޅު ސިލްސިލާ ޢަލީޚިލް ރަހީނުކޮށް އަނިޔާ ކުރުމަށްފަހު އޭނާ މިހާރު ދޫކޮށްލާފައި ވާކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ހާމަކޮށްފައެވެ. މިކަމާގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސިލްސިލާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް ތަފްސީލެއް މި ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. މި އަނިޔާވެރި އަމަލު ކުށްވެރިކޮށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމުގެ […]

ޖަރުމަނުވިލާތުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

ޖަރުމަނުވިލާތުގައި ކޯރެއް ބަނޑުންވުމުގެ ސަބަބުން ފެންބޮޑުވެ އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ 157 މީހުން މަރުވެއްޖެއެވެ. މިއީ އެ ގައުމުގެ ތާރީޚުގައިވެސް ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ހާދިސާއެވެ. ކޯރު ބަނޑުންވެ ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔެއްގެ ގެދޮރުވަނީ ސުންނާފަތިވެފައެވެ. އިއްޔެގެ ވަގުތެއްގައި ހިނގި މިހިތާމަވެރި ހާދިސާގައި އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ 700 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިފައިވާކަން ވަސެންބާރގްގެ ސަރުކާރުން ވަނީ މައުލޫމާތުދީފައެވެ. ޖަރުމަނުވިލާތުގެ ރައިންލޭންޑް ޕެލެޓެނިންއާއި، ވެސްޓްފާލިޔާ، އަދި އީސްޓާން ބެލްޖިއަމް އަކީ މި […]

ލުބުނާންގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާދެއްވައިފި

ލުބުނާންގެ ހާލަތު 2019 ވަނަ އަހަރުން ފެށިގެން ދަށަށްގޮސް އެ ގައުމު ވަނީ ފަގީރުކަމާއި އަނިޔާވެރިކަމާއި ތަޅާފޮޅުމުގެ ހާއްޔަކަށް ބަދަލުވެފައެވެ. ލުބުނާންގެ އިގުތިސާދު ދަށަށްގޮސް އެ ގައުމުގެ ފައިސާގެ އަގު ވަނީ %90 ދަށްވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ލުބުނާންގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ވަގުތީގޮތުން އެއްފަރާތްކޮށް ރައްޔިތުންނާއި މުޅި މުޖްތަމައު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް އެންމެން އެއްގަލަކަށް އެރުމަށް އެ ގައުމުގެ އިސް ވެރިންނަށް ގޮވާލާފައެވެ. ލުބުނާންގައި ވެރިޔެއް އަދި ސަރުކާރެއް ނެތި މިހާރު […]

ހިންދޫންގެ ދީނީ އެއްވުމެއް ބޭއްވުމުން އިންޑިއާގައި ކޮވިޑް ފެތުރުން އިތުރުވެދާނެ ކަމުގެ ބިރު

ކޮވިޑް-19ގެ ތިންވަނަ ރާޅެއް އަތުވެދާނެކަމުގެ ބިރުވެރިކަން އިންޑިޔާގައި ފެތުރިފައިވަނިކޮށް އެ ގައުމުގެ ސަރުކާރުން ހިންދޫންގެ ދީނީ ރަސްމިއްޔާތެއް ބޭއްވުމުގެ ހުއްދަ ދީފިއެވެ. ކެންވަރް ޔާތުރާ ނަމަކަށް ކިޔާ މި ރަސްމިއްޔާތަކީ ހިންދޫންގެ ގިނަ ބަޔަކު އެއްވެގެން އަޅުކަން ކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ. މިކަމާ ގުޅިގެން އިންޑިޔާގެ ހައިކޯޓުން ވަނީ ސަރުކާރުން މިކަމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ބުނެފައެވެ. އިންޑިޔާގެ އެންމެ ކާރުބާރުބޮޑު އެއް ސްޓޭޓް ކަމުގައިވާ އުއްތަރްޕްރަދޭޝްއިން ވަނީ މިދިޔަ އަންގާރަ ދުވަހު ހިންދޫން އެ ރަސްމިއްޔާތު […]