ދެވަނަ ފަހަރަށް ފުރަބަންދު އިއުލާނު ކުރުމާ ގުޅިގެން ޔޫރަޕުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ

Loading

Facebook
Twitter
WhatsApp

އަންގާރަ ދުވަހާއި އާދިއްތަ ދުވަހު ޔޫރަޕުގެ އެކި ސަރަހައްދުތަކުގައި އެ ގައުމުގެ ގިނަ ބަޔަކުއެއްވެ ވަނީ މުޒާހަރާތައް ބާއްވާފައެވެ. މި އެއްވުންތަކުގެ ބައިވެރިން ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ ފުރަބަންދާމެދު ނުރުހުން ފާޅުކޮށްފައެވެ. މިގޮތުން އޮސްޓްރިޔާ، ބެލްޖިޔަމް، ބަލްގޭރިއާ، ޑެންމާކް، ފިންލޭންޑް، ޖަރުމަނު، ރުމޭނިޔާ އަދި އިނގިރޭސިވިލާތުގެ މީހުން ވަނީ މުޒާހަރާތަކުގައި ބައިވެރިވެފައެވެ.

ސްވީޑަންގެ ސްޓޮކްހޯމްގައި ފުލުހުންވަނީ މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. އެއީ ސަރުކާރުން އިއުލާނުކޮށްފައިވާ ކޮވިޑް ގައިޑްލައިންއާ ޚިލާފަށް އެއްވުން ބޭއްވި މައްސަލައިގައެވެ. ނެދަލޭންޑްސްގައި ފުލުހުން ވަނީ އާމްސްޓަޑޭމްގެ ދާރުލްއާސާރު ހުންނަ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ވޯޓާރ ކެނަން ޖަހާފައެވެ.

އިޓަލީގައި މީހުން ވަނީ މަގުތައްމައްޗަށް އެއްވެ ސަރުކާރުން ކަނޑައަޅާފައިވާ ކާފިއު އުވާލުމަށް ގޮވާލާފައެވެ. އަދި ޖަރުމަނު ވިލާތުގައި 20000 އަށްވުރެ ގިނަ މީހުން ވަނީ މުޒާހަރާތަކުގައި ބައިވެރިވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް