ޖަރުމަނުވިލާތުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

83
European Commission President Ursula von der Leyen visits a site affected by floods, following heavy rainfalls, in Pepinster, Belgium, July 17, 2021. REUTERS/Yves Herman

ޖަރުމަނުވިލާތުގައި ކޯރެއް ބަނޑުންވުމުގެ ސަބަބުން ފެންބޮޑުވެ އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ 157 މީހުން މަރުވެއްޖެއެވެ. މިއީ އެ ގައުމުގެ ތާރީޚުގައިވެސް ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ހާދިސާއެވެ.

ކޯރު ބަނޑުންވެ ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔެއްގެ ގެދޮރުވަނީ ސުންނާފަތިވެފައެވެ. އިއްޔެގެ ވަގުތެއްގައި ހިނގި މިހިތާމަވެރި ހާދިސާގައި އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ 700 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިފައިވާކަން ވަސެންބާރގްގެ ސަރުކާރުން ވަނީ މައުލޫމާތުދީފައެވެ.

ޖަރުމަނުވިލާތުގެ ރައިންލޭންޑް ޕެލެޓެނިންއާއި، ވެސްޓްފާލިޔާ، އަދި އީސްޓާން ބެލްޖިއަމް އަކީ މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ވެފައިވާ ސަރަހައްދުތަކެވެ. އެ ސަރަހައްދުތަކުން މިހާރު ވަނީ ކަރަންޓާއި ބޯފެނާއި މުވާސަލާތީ ޚިދުމަތް އެއްކޮށް ކެނޑިފައެވެ. ބެލްޖިއަމްގެ ރެއިލް ނެޓްވޯކް އޮޕަރޭޓަރ، އިންފްރާބެލްއިން މިކަމާގުޅިގެން ނެރެފައިވާ ބަޔާނެއްގައި އެ ފަރާތުން މިކަން ހައްލުކުރުމާބެހޭ މަސައްކަތްތައް ވީ އެންމެ އަވަހަށް ފަށަން ތައްޔާރަށް ތިބިކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި ރައްޔިތުންނަށް މި ޚިދުމަތްތައް އަލުން ފޯރުކޮށްދެވޭވަރު ވާނީ އޮގަސްޓުމަހުގެ ފަހުކޮޅުހާތާނގައެވެ.

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ