ތުރުކީވިލާތުގައި ޖަނަވާރުތަކަށް ޚާއްޞަ އެމްބިއުލެންސްގެ ޚިދުމަތް ފަށައިފި

ކެމްބިއުލާންސް ޚިދުމަތުގެ ނަމުގައި ތުރުކީވިލާތުގައި ޖަނަވާރުތަކަށް ޚާއްޞަކޮށް އެމްބިއުލެންސްގެ ޚިދުމަތް ފަހިކޮށްދޭން ފަށައިފިއެވެ. ޓާކިޝް މުނިސިޕަލްޓީ އޮފް ކެންޔާއިން އިސްނަގައިގެން މި ޚިދުމަތް ދޭން ފަށާފައި ވަނީ އެ ގައުމުގެ މަގުތަކުގައި އުޅޭ ޖަނަވާރުތައް ސަލާމަތް ކުރުމުގެ ގޮތުންނެވެ. އެކްސިޑެންޓް ތަކުގައި އަނިޔާވާ ޖަނަވާރުތަކަށް ފުރަތަމަ އެހީ ދެވޭގޮތަށް މި އެމްބިއުލެންސް ވަނީ ފަރުމާ ކުރެވިފައެވެ. މި އެމްބިއުލެންސްގައި ޑީފައިބްރެލޭޓަރަކާއި އޮކްސިޖެން ވެކިއުމް ސިސްޓެމެއް ހުންނާނެއެވެ. އަދި މީގެ އިތުރުން މެކޭނިކަލް ވެންޓިލޭޝަން ސާރވިސްއަކާއި، އެސްޕިރޭޝަން ޑިވައިސްއަކާއި، […]

ސައުދީގައި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލި ދެ އަންހެނުން ޖަލުން ދޫކޮށްލައިފި

ޖަލުގައި ތިބި އަންހެން ދެ އެކްޓިވިސްޓުން އާދީއްތަ ދުވަހުގެ ވަގުތެއްގައި ސައުދީން ދޫކޮށްލައިފިއެވެ. ލަންޑަން ބޭސްޑް ރައިޓްސް ގްރޫޕެއް ކަމުގައިވާ އޭ.އެލް.ކިއު.އެސް.ޓީން މިކަމާ ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައިވާ ގޮތުގައި މި ދެ އެކްޓިވިސްޓުން ދޫކޮށްލާފައިވަނީ ބަންދުގައި ތިބޭތާ ތިން އަހަރު ދުވަސް ފަހުންނެވެ. ސާމަރް ބަދަވީ އާއި ނަސީމާ އަލް ސަޢުދާ އަކީ ސައުދީގައި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލި ދެ މީހުންނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ފަދަ އަމަލުތައް ކުރިކަމުގެ ތުހުމަތުގައެވެ. […]

އިޒްރޭލު ސިފައިންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް

އިޒްރޭލުން ދަނީ ގާނޫނާއި ޚިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނު ރައްޔިތުންގެ ގެތައް ފޭރިގަންނަމުންނެވެ. މިދިޔަ ހުކުރުދުވަހުގެ ހުކުރު ނަމާދަށް ތިއްބައި އިޒްރޭލު ސިފައިން ވަނީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ރަބަރު އުންޑައާއި ކަރުނަގޭސް ޖަހާފައެވެ. ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ވެސްޓް ބޭންކްގައި ހިނގި ކުރިމަތިލުންތަކުގައި 379 މީހުން ވަނީ ޒަހަމުވެފައެވެ. އޭގެ ތެރެއިން 31 މީހުން ޒަހަމުވެފައިވަނީ އިޒްރޭލު ސިފައިންގެ އުންޑަތަކުގެ ސަބަބުން ކަމުގައި ފަލަސްތީން ރެޑް ކްރެސެންޓުން ވަނީ މައުލޫމާތު ދީފައެވެ. […]

ބަނގްލަދޭޝްގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 52 މީހުން މަރުވި ހާދިސާގައި މީހަކު ހައްޔަރުކޮށްފި

ދާދިފަހުން ބަނގްލަދޭޝްގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 52 މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން 49 މީހުން މަރުވެފައި ވަނީ އިމާރާތުގެ އެތެރޭގައި ތާށިވެގެންނެވެ. އަދި 3 މީހުން މަރުވެފައިވަނީ ސަލާމަތްވުމަށްޓަކައި އިމާރާތުން ފުންމާލަން އުޅުމުގެ ތެރޭގައި ކަމުގައި ކަމާބެހޭފަރާތްތަކުން ވަނީ މައުލޫމާތުދީފައެވެ. މި ހާދިސާ ތަހުގީގު ކުރުމަށްފަހު އެ ގައުމުގެ ފުލުހުން މިހާރު ވަނީ ކާރުހާނާގެ ވެރިމީހާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެތަނުގައި 11 އަހަރުގެ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާފައިވާ ކަން ތަހުގީގުތަކުން ހާމަވުމާ ގުޅިގެންނެވެ. […]

އިންޑިޔާ: 12 މިނިސްޓަރުން މަގާމުން ވަކިކޮށް އައު މިނިސްޓަރުން އައްޔަނުކޮށްފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި އިންޑިޔާ ސަރުކާރުން ކުރިމަތިލީ ގޮތާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. މިކަމާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ ވަނީ ސިއްހީ ދާއިރާއާއި، އައި.ޓީ، އަދި ތެލުގެ ދާއިރާތަކާއި ގުޅުން ހުރި މިނިސްޓަރުންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކި ކުރައްވާފައެވެ. އިންޑިޔާގެ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ހާޝް ވަރްދާން މަގާމުން ވަކިކުރައްވައި އެ މަގާމަށް މޯދީ ވަނީ މަންސޫކް ލަކްސްމޭން މަންޑަވިޔާ އައްޔަން ކުރައްވާފައެވެ. އަދި އައި.ޓީ […]

ކޮރޯނާ ވައިރަހާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެހާ އަވަހަށް ލުއި ނުކުރޭ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19، ވަބާއިން ދުނިޔެ އަދި ސަލާމަތް ނުވާކަން ފާހަގަ ކޮށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކޮވިޑް-19 އަށް ސާމާލުވުމަށް ހުރިހާ ގައުމުތަކަށް އަނެއްކާވެސް ގޮވާލައިފިއެވެ. ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޔޫ.އެންގެ ހެލްތު އޭޖެންސީގެ ތަޖުރިބާކާރު، މައިކް ރާޔަން ވަނީ އެކި ގައުމުތަކުން ސަލާމަތީ ފިޔަވަޅުތަކަށް ލުއިދެމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމެރިކާގައި އަދިވެސް ކޮންމެ ހަފްތާއަކު މިލިއަނެއްހާ މީހުން ކޮވިޑް-19 ބައްޔަށް ފައްސިވަމުންދާކަމަށާއި ޔޫރަޕުގައި ވެސް ފައްސިވާ މީހުންގެ އަދަދު […]

ފްލޮރީޑާގައި ހުރި އިމާރާތެއް ވެއްޓުނު ހާދިސާގައި 27 މީހުން މަރުވެއްޖެ

ޕްލޮރިޑާގައި ހުރި އިމާރާތެއް ވެއްޓުނު ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 27 އަށް އަރާފައިވާކަމަށް މަޔާމީ-ޑޭޑް އެސިސްޓެންޓް ފަޔާ ޗީފް، ރައިޑޭ ޖަޑައްލޯ ވިދާޅުވެއްޖެއެވެ. އިމާރާތް ވެއްޓުނު ހާދިސާގެ ފަހުން މިހާރު ދެ ހަފުތާއެއްހާ ދުވަސް ފާއިތުވެފައިވާ އިރު ސަލާމަތުން ދިރި ތިބި މީހުން ދެން ފެންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހާދިސާގައި 115 އަށް ވުރެ ގިނަ މީހުން އަދިވެސް ވަނީ ގެއްލިފައެވެ. މަޔާމީގެ ފަޔާ ބްރިގޭޑުން […]

އަންގި އުފައްދާ ކުންފުންޏެއްގެ ސަބަބުން މެލޭޝިއާގައި ކޯވިޑް-19 ފެތުރެން މަގުފަހިވި ….؟

މެލޭޝިޔާގެ ސެލެންގޯރުގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެން މަގުފަހި ކުރުވީ އަންގި އުފައްދާ ކުންފުންޏެއްގެ އިހުމާލުން ކަމަށް ބުނެ އެ ގައުމުގެ މަޝްހޫރު އެން.ޖީ.އޯ އެއްގެ ޗެއާރޕާސަން ޕޯސްޓުކޮށްފައިވާ ވީޑިޔޯއެއް ވައިރަލް ވުމާގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ. މި ވީޑިޔޯގައި އޭނާ ބުނެފައިވާ ގޮތުގައި އަންގި އުފައްދާ ކުންފުނިން ބަލި ޖެހިފައިވާ މީހުންލައްވާ މަސައްކަތް ކުރުވާފައި ވެއެވެ. އަދި ބަލި ޖެހުނު މަސައްކަތު މީހުން ލައްވާ މަސައްކަތް ކުރުވުމަށްޓަކައި ކްލަންގުގައި ހުރި ދެ ހޮޓަލަކަށް އެމީހުން […]

އީރާނުން އިޒްރޭލު ކުށްވެރިކޮށް ބަޔާނެއް ނެރެފި

އީރާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާސް މިހަފުތާގައި އިޒްރޭލުގެ ޔަހޫދީން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. އެ ބަޔާނުގައި އިރާނުން ވަނީ 1989 ވަނަ އަހަރު ލުބުނާންގައި އިރާނުގެ ހަތަރު ސިޔާސީ ލީޑަރުން ހައްޔަރުކުރި މައްސަލައިގައި އިޒްރޭލުގެ ޔަހޫދީންގެ ނުފޫޒު ވާކަމަށް ތުހުމަތުކޮށްފައެވެ. ފޮރިން މިނިސްޓްރީން މި ބަޔާން ނެރެފައި ވަނީ މި ހާދިސާ ހިނގިތާ 39 އަހަރު ފާއިތުވުން ފާހަގަކުރުމުގެ ގޮތުންނެވެ. ލުބުނާން ވަނީ 1989 ވަނަ އަހަރު ވަރަށް ބޮޑަށް އިޒުރޭލުގެ ނުފޫޒުގެ ދަށުގައި ކަމަށް […]

ތުރުކީވިލާތުން ފާއިތުވި ޖޫން މަހު މުދާ އެކްސްޕޯޓްކުރި މިންވަރު ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ތުރުކީ ވިލާތުގެ ޓްރޭޑް މިނިސްޓަރ ނޫސްވެރިންނާ ބައްދަލު ކުރައްވަވައި މައުލޫމާތު ދެއްވަމުން އެ ގައުމުގެ އެކްސްޕޯޓް ކުރެވުނު މުދަލުގެ ނިސްބަތް ރެކޯޑް އަދަދަކަށް ފާއިތުވި ޖޫން މަހު އަރާފައިވާކަން ވަނީ އުފަލާއެކު ހުކުރު ދުވަހު ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ޖޫން މަހު އެކްސްޕޯޓު ކުރެވުނު މުދަލުގެ އަގު 19.8 ބިލިޔަން ޑޮލަރާއި ކައިރި ކުރާކަމަށެވެ. މިއީ ފާއިތުވެ ދިޔަ އަހަރާއި އަޅާ ބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ. ތުރުކީ ވިލާތުގެ އިގްތިސާދު ވަނީ 2021 […]