ތުރުކީވިލާތުގައި ޖަނަވާރުތަކަށް ޚާއްޞަ އެމްބިއުލެންސްގެ ޚިދުމަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ކެމްބިއުލާންސް ޚިދުމަތުގެ ނަމުގައި ތުރުކީވިލާތުގައި ޖަނަވާރުތަކަށް ޚާއްޞަކޮށް އެމްބިއުލެންސްގެ ޚިދުމަތް ފަހިކޮށްދޭން ފަށައިފިއެވެ. ޓާކިޝް މުނިސިޕަލްޓީ އޮފް ކެންޔާއިން އިސްނަގައިގެން މި ޚިދުމަތް ދޭން ފަށާފައި ވަނީ އެ ގައުމުގެ މަގުތަކުގައި އުޅޭ ޖަނަވާރުތައް ސަލާމަތް ކުރުމުގެ ގޮތުންނެވެ.

އެކްސިޑެންޓް ތަކުގައި އަނިޔާވާ ޖަނަވާރުތަކަށް ފުރަތަމަ އެހީ ދެވޭގޮތަށް މި އެމްބިއުލެންސް ވަނީ ފަރުމާ ކުރެވިފައެވެ. މި އެމްބިއުލެންސްގައި ޑީފައިބްރެލޭޓަރަކާއި އޮކްސިޖެން ވެކިއުމް ސިސްޓެމެއް ހުންނާނެއެވެ. އަދި މީގެ އިތުރުން މެކޭނިކަލް ވެންޓިލޭޝަން ސާރވިސްއަކާއި، އެސްޕިރޭޝަން ޑިވައިސްއަކާއި، އިންޓެންސިވް ކެއާރ އިންކިއުބޭޓަރަކާއި ބެޑްސައިޑް މޮނިޓަރެއްވެސް މި އެމްބިއުލެންސްގައި ހުންނާނެއެވެ.

މި އެމްބިއުލެންސްގެ ޚިދުމަތްތައް ދެނީ އެނިމަލް ރިހެބިލިޓޭޝަން ސެންޓާރާ ގުޅިގެންނެވެ. މިހާތަނަށް 5000 ޖަނަވާރަށް ފަރުވާދެވިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކެމްބިއުލޭންސްއިން ފަރުވާ ދެވޭ ޖަނަވާރު ގެންގުޅެން ބޭނުންވާ މީހުންނަށް އެ ޖަނަވާރުތައް ހަވާލުކުރުމުގެ އިންތިޒާމުވެސް އެމީހުން ވަނީ ހަމަޖައްސާފައެވެ. އަދި މިގޮތަށް މީހުންނާ ހަވާލުކުރެވޭ ޖަނަވާރުތަކުގެ ހާލު ބެލުމުގެ ގޮތުން އެމީހުންވަނީ އީ-ޕަޓީ ކިޔާ އޮންލައިން ސިސްޓަމެއް އީޖާދުކޮށްފައެވެ.

ތުރުކީވިލާތަކީ ތަރައްގީގެ ރޭހުގައި ހަލުވިކޮށް ކުރިއަރަމުންދާ ގައުމެކެވެ.

ކީރިތި ރަސޫލާގެ ސުންނަތުގައިވެސް ޖަނަވާރުތަކަށް ކަމޭހިތުމަށް އަމުރުކުރައްވާފައިވެއެވެ. އެހެންކަމުން ތުރުކީވިލާތުން ހިންގަމުންދާ މި އެމްބިއުލެންސްގެ ޚިދުމަތަށް ގިނަބަޔެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް