އީރާނުން އިޒްރޭލު ކުށްވެރިކޮށް ބަޔާނެއް ނެރެފި

137

އީރާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާސް މިހަފުތާގައި އިޒްރޭލުގެ ޔަހޫދީން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. އެ ބަޔާނުގައި އިރާނުން ވަނީ 1989 ވަނަ އަހަރު ލުބުނާންގައި އިރާނުގެ ހަތަރު ސިޔާސީ ލީޑަރުން ހައްޔަރުކުރި މައްސަލައިގައި އިޒްރޭލުގެ ޔަހޫދީންގެ ނުފޫޒު ވާކަމަށް ތުހުމަތުކޮށްފައެވެ.

ފޮރިން މިނިސްޓްރީން މި ބަޔާން ނެރެފައި ވަނީ މި ހާދިސާ ހިނގިތާ 39 އަހަރު ފާއިތުވުން ފާހަގަކުރުމުގެ ގޮތުންނެވެ. ލުބުނާން ވަނީ 1989 ވަނަ އަހަރު ވަރަށް ބޮޑަށް އިޒުރޭލުގެ ނުފޫޒުގެ ދަށުގައި ކަމަށް ވުމާއެކު އެ ގައުމުން ހައްޔަރު ކުރި އީރާނުގެ ސިޔާސީ ލީޑަރުންގެ މައްސަލައިގެ ޒިންމާ އުފުލަން ޖެހޭނީ އިޒުރޭލުންކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހައްޔަރު ކުރެވުނު 4 ސިޔާސީ ލީޑަރުން އަދިވެސް ތިބީ އިޒުރޭލުގެ ބާރުގެ ދަށުގައެވެ. މިކަން ހާމަވާ ލިޔެކިޔުންތައް އިރާނުގެ ސަރުކާރުން ހޯދާފައިވާ ކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. ހައްޔަރު ކުރެވުނު ސިޔާސީ ލީޑަރުންގެ އާއިލާތަކުގެ މާޔޫސްކަމާއި ހިތާމަވެރިކަމަށް ހަމްދަރުދީވެ އެ ލީޑަރުން ދޫކޮށްލުމަށް ބާރުއެޅުމަށް މި ބަޔާނުގައި ޔޫ.އެންއަށް ވަނީ އީރާނުން ގޮވާލާފައެވެ. އީރާނުން ވަނީ 2008 ވަނަ އަހަރުވެސް ޔޫ.އެންގެ ސެކްރެޓެރީ ޖެނެރަލްއަށް މިކަމަށް ބާރު އެޅުމަށް އެދި ގޮވާލާފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ