ކެނެޑާއިން ފެނުނީ ބިރުވެރި ހޯދުމެއް

ދާދި ފަހުން ކެނަޑާއިން ފެނިފައިވާ ބިރުވެރި އަދި ހިތާމަވެރި ހޯދުމުން މުޅި ދުނިޔެ ސިއްސުވާލިއެވެ. ކެނެޑާގެ ހުޅަނގުގެ ސަރަހައްދެއްގައި ކުރިން ހުރި ބޯޑިންގް ސްކޫލްތަކެއް ކައިރިން މިދިޔަ މަހު 182 ގަބުރު ފެނުމާއެކު މުޅިގައުމަށް ވަނީ ނާމާން ކަމާއި ބިރުވެރިކަން ފެތުރިފައެވެ. 1800ގެ އަހަރުތަކުން ފެށިގެން 1990 އާ ހަމަހަޔަށް ކެނެޑާގައި އޮތީ ރެސިޑެންޝަލް ސްކޫލް ސިސްޓަމްއެވެ. މި ސްކޫލުތައް ހިންގުމާއި ހަވާލުވެގެން ތިބީ ރޫމީންގެ ކެތޮލިކް ފައްޅިތަކުގެ ފާދިރީންނެވެ. އެމީހުންގެ ބެލުމުގެ ދަށުން ގާތްގަނޑަކަށް 139 […]

ދޯދިޔާ އަދި އަނިޔާވެރި ސިޔާސަތެއް ގެންގުޅުއްވި އެމެރިކާގެ ދިފާއީ ވަޒީރު އަވަހާރަވެއްޖެ

ބައެއް ތާރީޚީ އިލްމުވެރިންނާއި އަސްކަރީ ލީޑަރުން ދެކިލައްވާ ގޮތުގައި އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި ފެށި ހަނގުރާމައިގެ ހާލަތު އެހާ ބޮޑަށް ގޯސް ވުމަށް މަގުފަހި ވެގެންދިޔައީ ބުދަދުވަހު އަވަހާރަވި އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރު ޑޮނަލްޑް ރަމްސްފީލްޑްގެ ދޯދިޔާ އަދި އަނިޔާވެރި ސިޔާސަތުގެ ސަބަބުންނެވެ. އިރާގާއި އަފުޣާނިސްތާނުގައި ރަމްސްފީލްޑް ގެންގުޅުއްވި ހަނގުރާމައިގެ ދޯދިޔާ އަދި އަނިޔާވެރި ސިޔާސަތުގެ ސަބަބުން އެ ދެ ގައުމުގެ ކުށެއް ނެތް އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އިރާގުގެ ބޭފުޅެއްކަމުގައިވާ އިޔާދް […]

ސިންގަޕޫރުން އަޖައިބުކުރަނިވި ޚަބަރެއް

ސިންގަޕޫރު ފާހަގަ ކުރެވިފައި ވަނީ ކޮވިޑް- 19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ކާމިޔާބީ ހޯދި ގައުމެއްގެ ގޮތުގައެވެ. ދާދި ފަހުން އެ ގައުމުން ވަނީ މި އާލަމީ ވަބާ އާއި ކުރިމަތި ލާން އެ ގައުމުން ގަސްތުކުރާގޮތް އިއުލާނުކޮށްފައެވެ. އެ ގައުމުން ނިންމާފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާމެދު މީގެ ފަހުން އަމަލު ކުރެވޭނީ ހަމަ އާދައިގެ ރޯގާ ޖެހޭ މީހުންނާ މެދު އަމަލު ކުރެވެމުންދާ ގޮތަށެވެ. މިގޮތުން އާންމުން ކަރަންޓީނު ކުރުމާއި ކޭސް ޓްރާންސްމިޓް ވާ […]

އިޒްރޭލުން ގަލްފުގައި ފުރަތަމަ ފަހަރަށް އެމްބަސީއެއް ހުޅުވައިފި

އިޒްރޭލުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ޔާއިރް ލައިޕަޑް ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅަކާ އެކު ގަލްފުގައި އިޒްރޭލުގެ އެމްބަސީއެއް ވަނީ ހުޅުއްވައިދެއްވާފައެވެ. ލައިޕަޑް ކުރެއްވެވި ޓްވީޓެއްގައި މިކަން އިއުލާނުކުރައްވައި، ޔޫ.އޭ.އީގެ މިނިސްޓަރ، ނޯރާ އަލް ކާބިއާ އެކު އެމްބަސީ ހުޅުއްވައިދެއްވުމުގެ ރަސްމިޔާތުގައި ނަންގަވާފައިވާ ފޮޓޯއެއް ވަނީ ޓްވިޓާރގައި ޕޯސްޓުކުރައްވާފައެވެ. ޓްވީޓުގައި މިނިސްޓަރ މިކަން ސިފަކުރައްވާފައި ވަނީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައެވެ. މުސްލިމު ގައުމުތަކުގެ ބިންތައް އެމެރިކާގެ އެހީގައި ފޭރި ފަލަސްތީނު ރައްޔިތުންނަށް އިޒުރޭލުން ބޮޑެތި އަނިޔާތައް ކުރަމުންދާއިރުވެސް […]

ކެނެޑާގައި ހިންގާފައިވާ މީހުން މެރުމުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް އިރާނުން އދ. އަށް ގޮވާލައިފި

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ސައީދް ޚާތިބްޒާދެޚް ވަނީ ކެނެޑާގައި ހިންގާފައިވާ މީހުން މެރުމުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް އދ. އަށް ގޮވާލައްވާފައެވެ. އޭނާ އެކަމަށް ގޮވާލެއްވީ މިދިޔަ ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކެނަޑާއިން ދާދިފަހުން ވަނީ މަރުވެފައިވާ 750 މީހުންގެ ގަބުރު ފެނިފައެވެ. މި ގަބުރުތައް ފެނިފައިވަނީ ކުރީގެ ފައްޅިއަކާއި ބޯޑިން ސްކޫލެއް ހުރި ސަރަހައްދަކުންނެވެ. ކެނަޑާގެ ސަރުކާރުން މިކަން އިތުރަށް ތަހުގީގު ކުރުމުގެ ބަދަލުގައި އެ ފައްޅި ކުށްވެރިކުރަން […]

އަމިއްލަ ދިފާއުގައި ކަމަށް ބުނެ އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި

އެމެރިކާގެ ރައީސް، ޖޯ ބައިޑެންގެ އަމުރުފުޅަށް އެމެރިކާގެ ވައިގެ ސިފައިން ވަނީ ސީރިއާގައި ތިބި އީރާނުގެ ސިފައިންގެ ސަފުތަކަށް އަމާޒުކޮށް ވައިގެ ހަމަލާއެއް ދީފައެވެ. ޕެންޓަގަންގެ ޕްރެސް ސެކްރެޓެރީ، ޖޯން ކާރްބީ މިކަމާގުޅިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި މި ހަމަލާ ދޭން މެދުވެރިވި ސަބަބަކީ އީރާނުގެ ސިފައިން އިރާގުގެ ސިފައިންގެ ތެރޭގައި އުޅޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދާތީއެވެ. އެމެރިކާއިން އިރާނަށް ދިން މި ހަމަލާގެ އަމާޒަކީ އިރާގާއި ސީރިޔާގެ […]

އިންޑިޔާއިން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ހިލޭ ވިސާ ދޭގޮތަށް ހަދަން ނިންމައިފި

އިންޑިޔާގެ ފިނޭންސް މިނިސްޓަރ، ނިރްމާލާ ސީތަރާމަން މިދިޔަ ހޯމަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ކޮވިޑް-19ގެ ވަބާއަށް ފަހު ގައުމުގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ހަދާފައިވާ ރިކަވެރީ ސްޓިމިއުލަސްގެ ދަށުން އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ހަދާފައިވާ ޕްލޭން ވަނީ ހިއްސާ ކުރައްވާފައެވެ. މިގޮތުން އިންޑިޔާއަށް ދާ ފަތުރުވެރިންނަށް ވިސާ ހިލޭކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ޚަބަރު އޭނާ ވަނީ ދެއްވާފައެވެ. މި ސްކީމުގެ ދަށުން ވިސާ ދޫކުރުން ކުރިޔަށްދާނި 2022 ވަނަ އަހަރުގެ މާރޗް މަހުގެ 31 […]

ފަލަސްތީނު ރައްޔިތުން މަޙްމޫދް ޢައްބާސްއާ ދެކޮޅަށް މުޒާހަރާކޮށްފި

ޕަލަސްތީނިއަން އޮތޯރިޓީ (ޕީ.އޭ) ގެ ހެޑްކުއާރޓާޒް ކަމުގައިވާ ރާމަﷲ އަށް ވަނީ ގިނަ އަދަދެއްގެ މީހުން އިއްޔެގެ ވަގުތެއްގައި އެއްވެ މުޒާހަރާކޮށްފައެވެ. މި މުޒާހަރާގެ ސަބަބަކަށްވީ ޕީ.އޭއިން ހައްޔަރު ކުރި ފަލަސްތީނުގެ އެކްޓިވިސްޓެއް ކަމުގައިވާ ނިޒާރް ބަނާޓް، ހައްޔަރުކޮށްފައިވަނިކޮށް މަރުވުމެވެ. ނިޒާރް ބަނާޓް އަކީ ޕީ.އޭ އިން ކުރަމުންދާ ކަންކަމަށް ފާޅުގައި ފާޑުކިޔަމުން ދިޔަ މީހެކެވެ. ނިޒާރްގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރުމަށްފަހު ޕީ.އޭގެ ވިއްސަކަށް ސިފައިން އޭނާއަށް އަނިޔާކޮށްފައިވެއެވެ. ހައްޔަރުކުރިތާ ދެތިން […]

ޔޫ.އޭ.އީ ގެ ޚަރަދުގައި އުފެއްދި ހޮލީވުޑްގެ ފިލްމަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޔޫ.އޭ.އީ އިން ޚަރަދުކޮށްގެން ހޮލީވުޑުން އުފައްދާފައިވާ ފިލްމެއް ކަމުގައިވާ ”ދަ މިސްފިޓްސް“ އަކީ މުސްލިމުންނާ މެދު ނަފުރަތު އުފައްދާނެ ފިލްމެއް ކަމުގައި ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ފިލްމުގައި މުސްލިމް ގައުމުތަކަށާއި މުސްލިމުންނަށް ހަޖޫޖަހާ އެތައް މަންޒަރެއް ހިމެނެއެވެ. ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާވެފައިވަނީ ވަގުންގެ ޓީމެއްގެ މައްޗަށެވެ. މި ޓީމުގެ ލީޑަރު އަދި ފިލްމުގެ ބަތަލު، ރިޗާރޑް ޕޭސް،ގެ ރޯލު ކުޅެނީ ޕިއާސް ބޮސްނިއާންއެވެ. މި ފިލްމުގައި އުޅޭ ވަގުންގެ ޓީމުން […]

ވެކްސިންގެ ސަބަބުން އުފެދޭ ހިތުގެ ބައްޔަކަށް ސަމާލުވުމަށް އެމެރިކާއިން ގޮވާލައިފި

ޖޫން 25 ވީ ހުކުރު ދުވަހު އެމެރިކާގެ ޑްރަގް އޮތޯރިޓީން ވަނީ ފައިޒާ ވެކްސިން އާއި މޮޑާނާ ކޮވިޑް-19 ވެކްސިން ޖަހާ ބައެއް މީހުންނަށް ހިތުގެ ބައްޔެއް ޖެހޭކަމަށް ބުނެ މިކަމަށް ސަމާލުވުމަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން މި ވެކްސިންތަކާ އެކު ދެވޭ ލިޔުންކޮޅުގައި ހެލްތު ރިސްކެއްގެ ގޮތުގައި މިކަން ލިޔެވިފައި ހުންނާނެހެން އެ ލިޔުންތައް ތައްޔާރުކުރުމަށް އެ ކުންފުނިތަކަށް ވަނީ އަންގާފައެވެ. އެފް.ޑީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި މި ވެކްސިން ތަކުގެ ދެވަނަ ޑޯޒް ޖެހުމާ […]