ޒުވާންކަންމަތީ ދެމިހުރުމަށް ހުރަސްއަޅާ އެންމެ ބޮޑު ދުޝްމަނަކީ ބެކްޓީރިޔާ

މުސްކުޅިވުމުން ސަލާމަތްވެ ޒުވާންކަންމަތީ ދެމި ހުރުމަށްޓަކައި ކުރެވިދާނެ ކަންކަން ދިރާސާ ކުރަމުންދާ ސައިންސުވެރިން ދާދިފަހުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ބެކްޓީރިޔާގެ ސަބަބުން މީހާގެ ޒުވާންކަން އަވަހަށް ގެއްލި ދިޔުމަށް މަގުފަހި ކުރުވައެވެ. އައި ސައިންސް ޖާނަލްގައި ޝާއިޢުކޮށްފައިވާ ނެޝަނަލް އިންސްޓިޓިއުޓް އޮފް ނިއުރޮލޮޖިކަލް ޑިސްއޯޑާސް (އެން.އައި.އެޗް) ގެ ސައިންސުވެރިން ކޮށްފައިވާ މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ބެކްޓީރިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އުފައްދާ ޖީންސްގެ ސަބަބުން އަވަހަށް މުސްކުޅިވުމަށް މަގުފަހި ކުރުވައެވެ. […]

އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓްއިން ކޯވިޑް-19ގެ އައު ވޭރިއެންޓަށް ވެކްސިންއެއް އުފައްދައިފި

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ނޮވަވެކްސްގެ ސައިންސްވެރިން ތައްޔާރުކޮށްފައިވާ ކޯވިޑް-19ގެ ވެކްސިން އުފެއްދުމުގެ މަސައްކަތް އިންޑިޔާގައި ފަށައިފިއެވެ. ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ( އެސް.އައި.އައި) ގެ ސީ.އީ.އޯ ކުރައްވާފައިވާ ޓްވިޓެއްގައި ނޮވަވެކްސް ގެ ފަރާތުން އުފައްދާފައިވާ ކޮވަވެކްސް ނަމަކަށް ކިޔާ މި ވެކްސިން އިންޑިޔާގައި ފުޅާ ދާއިރާއެއްގައި އުފައްދުމުގެ މަސައްކަތް މިހާރު ރަސްމީކޮށް ފައްޓަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ. އެސް.އައި.އައި އިން ވަނީ ނޮވަވެކްސް އާ އެކު މި ވެކްސިންގެ އެއްބިލިއަން ޑޯޒް އުފައްދަން އެއްބަސްވެފައެވެ. މި ވެކްސިން […]

ސިނޮވެކް ވެކްސިންއާ ބެހޭ ދޮގު މައުލޫމާތު ފެތުރި ޑޮކްޓަރަކު ޖޫރިމަނާކޮށްފި

މީސްމީޑިޔާގައި ސިނޮވެކް ވެކްސިންއާ ބެހޭ ދޮގު މައުލޫމާތު އާންމުކުރުމާ ގުޅިގެން ޕާރލިސް ކަންގަރްގެ ސެޝަންސް ކޯޓުން ޒަމްނުލް އަޒްހަރް މުލްކާން ނަމަކަށް ކިޔާ ޑޮކްޓަރަކު 5000 މެލޭޝިޔަން ރިންގިޓުން ޖޫރިމަނާކޮށްފިއެވެ. އޭނާގެ ފޭސްބުކް އެކައުންޓުގައި ޒަމަނުލް އަޒްހަރް ވަނީ ވެކްސިން ނުޖެހުމަށް ގޮވާލައި މީހުން ވެކްސިން ޖެހުމަށް ބިރުގަންނާނެ ފަދަ ދޮގު މައުލޫމާތު ހިމެނޭ ވީޑިޔޯއެއް އާންމުކޮށްފައެވެ. އޭނާ މި ވީޑިޔޯ ރެކޯޑުކޮށްފައި ވަނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އޭނާ މަސައްކަތްކުރަމުންދާ ކްލިނިކް ކަމަށްވާ […]

އިޒްރޭލުގެ ނިއުސް ޗެނެލްއެއްގެ ގޮތްޕެއް ޔޫ.އޭ.އީ ގައި ހުޅުވަނީ

އިޒްރޭލާއި ޔޫ.އޭ.އީ އާ ދެމެދު މިދިޔަ އަހަރު ވަނީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދާދި ފަހުން އިޒްރޭލުގެ ޕްރައިވެޓް ނިއުސް ޗެނެލަކުން ވަނީ ޑުބާއީ ގައި މީޑިޔާ އޮފީހެއް ހުޅުވާ ކަމުގެ ޚަބަރު އިއުލާނުކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު އިއުލާނުކޮށްފައިވާ މި ޚަބަރު ވެގެން ދިޔައީ ޔޫ.އޭ.އީގައި ދިރިއުޅެމުންދާ މުސްލިމުންނަށް ލިބުނު ހިތާމަވެރި ޚަބަރަކަށެވެ. އެ ގައުމުގެ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކޮށްފައިވީ ނަމަވެސް އެ ގައުމުގެ މުސްލިމް ރައްޔިތުން ހަގީގަތުގައި އިޒްރޭލާ ވަރަށް ދެކޮޅެވެ. […]

ޒޫމް ބޭނުންކޮށްކޮށް ފޫހިވީތޯ؟ މިއީ ޒޫމްގެ ބަދަލުގައި ތަޖުރިބާކޮށްލުން ރަނގަޅު އެޕްތަކެއް

ކޮރޯނާވައިރަހުގެ އާލަމީ ވަބާ މުޅި ދުނިޔެ ހުއްޓުވާލި ހިސާބުން، ޒޫމް މި ވަނީ އަޅުގަނޑުމެންގެ ހަޔާތުގެ ބައިވެރިއަކަށް ވެފައެވެ. ނަމަވެސް ޒޫމް މެދުވެރިކޮށް އޮފީސް މީޓިންގް ތަކާއި ސްކޫލްތަކާއި ކޮލެޖްތަކުގެ މުހިންމު ބައްދަލުވުންތައް ކުރިޔަށް ގެންދިޔުމަކީ އެހާ ރައްކާތެރި ކަމެއް ނޫންކަމަށް ބްރިޓަންގެ މިނިވަން ޖަމިއްޔާއަކުން ވަނީ ހާމަކޮށްފައެވެ. ޒޫމްގެ ބަދަލުގައި ސްކައިޕްއާއި، މައިކްރޯސޮފްޓް ޓީމްސް، ހައުސް ޕާޓީ، ސިގްނަލް އަދި ވަޓްސްއެޕް ބޭނުންކޮށްލައިގެން ތަޖުރިބާކޮށްލެވިދާނެއެވެ. ސްކައިޕް އަކީ ގިނަބަޔެއްގެ އިތުބާރު ހޯދާފައިވާ ޒަމާންވީ އެޕެކެވެ. ނަމަވެސް […]

ކޮރޯނާ ވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައަށް އަލިމަގެއް ފެނިއްޖެ

ޖީ.އެސް.ކޭ ވިރްއިން އުފައްދާފައިވާ ސޮޓްރޯވިމެބް ނަމަކަށް ކިޔާ އެންޓިބޮޑީ ޑްރަގް ބޭނުންކުރުމުން ކޮރޯނާ ވައިރަސް ޖެހޭ މީހުންނަށް އެ ބަލީގައި މާ ބޮޑުވަރުވުމުން ދުރުކޮށްދޭކަމަށް ދިރާސާތަކުން ހާމަވެއްޖެއެވެ. މި ބޭސް އުފެއްދި ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން މިއަދު ވަނީ މި ބޭސް ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ކޮރޯނާ ވައިރަހާ ބެހޭ އައު ގައިޑްލައިންގައި މި ބޭސް ބޭނުންކުރުމަށް އިރުޝާދު ދީފައެވެ. އެމެރިކާއާއި ޔޫރަޕްގެ އެކި ހިސާބުތަކުގައި މިހާރު މި ބޭސް […]

ސްރީލަންކާގައި ޗައިނާ ސިފައިން ހަރަކާތްތެރި ވުމަކީ ބިރުހުރި ކަމެއް: އިންޑިޔާގެ ކަނޑުގެ ސިފައިން

އަވައްޓެރި ސްރީލަންކާގައި ޗައިނާގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަމުން ދިޔުމުން އިންޑިޔާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި އިންޑިޔާގެ ނޭވީން މިކަމަށް ތައްޔާރަށް ތިބުމަށް އިންޑިޔާގެ ނޭވީގެ ވައިސް ޗީފް އެޑްމިރަލް، ޖީ އަޝޯކް ކުމާރު، ގޮވާލައްވައިފިއެވެ. އަޝޯކް ކުމާރު މިހެން ވިދާޅުވެފައި ވަނީ ސްރީލަންކާގެ ކޮލަމްބޯގެ ޕޯޓްތަކުގައި ޗައިނާގެ ކަނޑުގެ ސިފައިން ހަރަކާތްތެރި ވުމުގެ ހުއްދަ ސްރީލަންކާއިން ދިނުމާ ގުޅިގެންނެވެ. އެ ސަރަހައްދުގެ ކަނޑުގެ މަގުން އިންޑިޔާއަށް ހަމަލާއެއް ދީފާނެ ކަމަށް ސަމާލުވެގެން ތިބުމަށް ވެސް އިންޑިޔާގެ ނޭވީގެ […]

ޕާކިސްތާނުން އެމެރިކާގެ ޑްރޯންތަކަށް ހުއްދަ ނުދިނީ ކީއްވެ؟

ދާދި ފަހުން އެމެރިކާއިން ވަނީ ޕާކިސްތާނުގައި އެމީހުންގެ ޑްރޯންތައް ބޭނުންކުރުމުގެ ހުއްދަ ދެއްވުން އެދި އެގައުމުގެ ބޮޑު ވަޒީރު ޢިމްރާން ޚާނަށް ދަންނަވާފައެވެ. އެއީ ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށްވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ. ތުރުކީގެ ނޫހެއް ކަމުގައިވާ ޓީ.އާރް.ޓީ އާއި ހަވާލާދީ ޕާކިސްތާނު ކެބިނެޓުގެ މެންބަރަކު ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގެ ދިފާއީ ކަންކަމުގެ މައްޗަށް އެމެރިކާއަށް ބާރުފޯރުވޭނެ ފަދަ އެއްވެސް ކަމަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު، އިމްރާން ޚާން […]

މިއީ ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުވާންޖެހޭ މުހިންމު ކަމެއް

ދަރިޔަކު ލިބުމަށްފަހު ހޭދަވާ ފުރަތަމަ ދެތިން އަހަރަކީ ވަރަށް އަގުހުރި ދުވަސްކޮޅެކެވެ. ވަޒީފާ އަދާކުރާ މީހުންނަށް ކުއްޖާ އާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލާނެ ފުރުސަތު ނުލިބި އުޅެނިކޮށް ގިނަފަހަރު ފެންނާނީ އެ ކުއްޖާ ބޮޑުވަމުން އަންނަ މަންޒަރެވެ. ފުރަތަމަ ދެތިން އަހަރަކީ ކުއްޖާގެ ތަރުބިއްޔަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ދުވަސްކޮޅެކެވެ. ފުރަތަމަ ދެތިން އަހަރު އެކުދިންނަށް ދެވޭ ތަރުބިއްޔަތަކީ އެކުދިންގެ ދިރިއުޅުމުގައި އެޅޭ އެންމެ ފުރަތަމަ ބިންގަލެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރުމުގެ ބައި ދަށްވުމަކީ އަހަރުމެންގެ […]

ވެކްސިން ޖަހާފައި ތިބި އެތައް ޑޮކްޓަރުންނެއް އިންޑޮނޭޝިޔާގައި ކޯވިޑް 19 އަށް ފައްސިވެއްޖެ

އިންޑޮނޭޝިޔާގައި 350 ޑޮކްޓަރުން ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. އަދި ފަސް ޑޮކްޓަރުން ވަނީ މި ބަލީގައި މަރުވެފައެވެ. ފައްސިވެފައިވާ ހުރިހާ ޑޮކްޓަރުންނަކީވެސް ކޮރޯނާ ވައިރަހުގެ ވެކްސިން ޖަހާފައިވާ މީހުންނެވެ. އިންޑޮނޭޝިޔާގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަހަރު ޖެނުއަރީ މަހު ފެށުމާއެކު އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ. މައިގަނޑު ގޮތެއްގައި އެ ގައުމުގައި ބޭނުންކުރި ވެކްސިން އަކީ ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ ސިނޮވެކް ވެކްސިން ކަމުގައި އިންޑޮނޭޝިއަން މެޑިކަލް އެސޯސިއޭޝަން […]