ސްރީލަންކާގައި ޗައިނާ ސިފައިން ހަރަކާތްތެރި ވުމަކީ ބިރުހުރި ކަމެއް: އިންޑިޔާގެ ކަނޑުގެ ސިފައިން

Loading

Facebook
Twitter
WhatsApp

އަވައްޓެރި ސްރީލަންކާގައި ޗައިނާގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަމުން ދިޔުމުން އިންޑިޔާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި އިންޑިޔާގެ ނޭވީން މިކަމަށް ތައްޔާރަށް ތިބުމަށް އިންޑިޔާގެ ނޭވީގެ ވައިސް ޗީފް އެޑްމިރަލް، ޖީ އަޝޯކް ކުމާރު، ގޮވާލައްވައިފިއެވެ.

އަޝޯކް ކުމާރު މިހެން ވިދާޅުވެފައި ވަނީ ސްރީލަންކާގެ ކޮލަމްބޯގެ ޕޯޓްތަކުގައި ޗައިނާގެ ކަނޑުގެ ސިފައިން ހަރަކާތްތެރި ވުމުގެ ހުއްދަ ސްރީލަންކާއިން ދިނުމާ ގުޅިގެންނެވެ. އެ ސަރަހައްދުގެ ކަނޑުގެ މަގުން އިންޑިޔާއަށް ހަމަލާއެއް ދީފާނެ ކަމަށް ސަމާލުވެގެން ތިބުމަށް ވެސް އިންޑިޔާގެ ނޭވީގެ ވައިސް ޗީފް އެޑްމިރަލް، ޖީ އަޝޯކް ކުމާރު، ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކަނޑުގެ މަގުން އަތުވެދާނެ ކުއްލި ހަމަލާއަކަށް އަބަދުވެސް ތައްޔާރުވެ ތިބުމަށްޓަކައި އިންޑިޔާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު އެ ގައުމުގެ ސިފައިން ދަނީ މޮނިޓާރ ކުރަމުން ކަމުގައި އިންޑިޔާގެ ކަނޑުގެ ސިފައިން ވަނީ ހާމަކޮށްފައެވެ. މިދިޔަ އަހަރު ޗައިނާއިން އިންޑިޔާގެ އުތުރުގެ ސަރަހައްދަށް ކަނޑުގެ މަގުން ދިން ކުއްލި ހަމަލާއަށް ފަހު އެގައުމުގެ ދިފާއީ ބާރުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އަދި އެފަދަ ކުއްލި ހަމަލާތަކުން ސަލާމަތްވުމުގެ ގާބިލުކަން މިހާރު އެގައުމުގައި ހުންނާނެ ކަމަށްވެސް އިންޑިޔާ ސިފައިން ވަނީ ހާމަކޮށްފައެވެ.

 

Loading

2 Responses

  1. ޜާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވުމަކީވެސް ހަމަ ބޮޑު ނުރައްކާތެރި ކަމެއް! ދިވެހިން ނޭދޭ އިންޑިއާ ސިފައިން ރާއްޖޭގައި ބަޑު ޖަހައިގެން ތިބޭކަށް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް