ސިނޮވެކް ވެކްސިންއާ ބެހޭ ދޮގު މައުލޫމާތު ފެތުރި ޑޮކްޓަރަކު ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

މީސްމީޑިޔާގައި ސިނޮވެކް ވެކްސިންއާ ބެހޭ ދޮގު މައުލޫމާތު އާންމުކުރުމާ ގުޅިގެން ޕާރލިސް ކަންގަރްގެ ސެޝަންސް ކޯޓުން ޒަމްނުލް އަޒްހަރް މުލްކާން ނަމަކަށް ކިޔާ ޑޮކްޓަރަކު 5000 މެލޭޝިޔަން ރިންގިޓުން ޖޫރިމަނާކޮށްފިއެވެ.

އޭނާގެ ފޭސްބުކް އެކައުންޓުގައި ޒަމަނުލް އަޒްހަރް ވަނީ ވެކްސިން ނުޖެހުމަށް ގޮވާލައި މީހުން ވެކްސިން ޖެހުމަށް ބިރުގަންނާނެ ފަދަ ދޮގު މައުލޫމާތު ހިމެނޭ ވީޑިޔޯއެއް އާންމުކޮށްފައެވެ. އޭނާ މި ވީޑިޔޯ ރެކޯޑުކޮށްފައި ވަނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އޭނާ މަސައްކަތްކުރަމުންދާ ކްލިނިކް ކަމަށްވާ ބާރސެރީ ކްލިނިކްގައި ހުރެގެންނެވެ.

ޒަމަނުލް އަޒްހަރް އާންމުކުރި ވީޑިޔޯއާ ގުޅިގެން ކޯޓުން ވަނީ އެ މައްސަލަ ބެލުމަށްފަހު އޭނާ ޖޫރިމަނާކުރީ އާންމު ސިއްހަތަށް ހުރަސް އެޅުމުގެ އިތުރަށް އާންމުންގެ މެދުގައި ބިރުވެރިކަމާއި ދޮގު މައުލޫމާތު ފެތުރުމުގެ ކުށުގައެވެ. ކޯޓުން ހާމަކުރިގޮތުގައި އަޒްހަރު ޖުރިމާނާ ނުރި އަދަދަށް އޭނާ ވަނީ މިހާރު ކޯޓަށް ފައިސާ ދައްކަފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް