ޒުވާންކަންމަތީ ދެމިހުރުމަށް ހުރަސްއަޅާ އެންމެ ބޮޑު ދުޝްމަނަކީ ބެކްޓީރިޔާ

Loading

Facebook
Twitter
WhatsApp

މުސްކުޅިވުމުން ސަލާމަތްވެ ޒުވާންކަންމަތީ ދެމި ހުރުމަށްޓަކައި ކުރެވިދާނެ ކަންކަން ދިރާސާ ކުރަމުންދާ ސައިންސުވެރިން ދާދިފަހުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ބެކްޓީރިޔާގެ ސަބަބުން މީހާގެ ޒުވާންކަން އަވަހަށް ގެއްލި ދިޔުމަށް މަގުފަހި ކުރުވައެވެ.

އައި ސައިންސް ޖާނަލްގައި ޝާއިޢުކޮށްފައިވާ ނެޝަނަލް އިންސްޓިޓިއުޓް އޮފް ނިއުރޮލޮޖިކަލް ޑިސްއޯޑާސް (އެން.އައި.އެޗް) ގެ ސައިންސުވެރިން ކޮށްފައިވާ މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ބެކްޓީރިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އުފައްދާ ޖީންސްގެ ސަބަބުން އަވަހަށް މުސްކުޅިވުމަށް މަގުފަހި ކުރުވައެވެ. މިކަން ހޯދިފައި ވަނީ އެ ސައިންސްވެރިން މެހީގެ ބާވަތެއް ކަމުގައިވާ ޑްރޮސޮފިލިއާ ބޭނުންކޮށްގެން ކުރަމުންދިޔަ އެހެން ދިރާސާއެއްގެ ތެރެއިންނެވެ. އަވަހަށް މުސްކުޅިވުމަށް މެދުވެރިކުރުވާ ޖީންސްތަކަށް ބަލާއިރު މީގެ ތެރެއިން %70 އަކީ ބެކްޓީރިޔާގެ ސަބަބުން އުފެދޭ ޖީންސްކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ.

އިންސާނާ ޒުވާންކަންމަތީ ގިނަ ދުވަހު ދެމިހުރުން ގުޅިފައިވަނީ ޖީންސްތަކާކަން ސައިންސުވެރިން މީގެ ކުރިން ވަނީ ހޯދާފައެވެ. އަދި އަވަހަށް މުސްކުޅި ކުރުވާ ޖީންސްތަކުގެ ލިސްޓެއްވެސް ސައިންސްވެރިން އެބަ ގެންގުޅެއެވެ. ނަމަވެސް މި ޖީންސްތަކުގެ ތެރެއިން އެހާ ބޮޑު އިންސައްތައެއްގެ ޖީންސް އުފެދެނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބެކްޓީރިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމުން ކަމީ ސައިންސްވެރިންނަށް މީގެ ކުރިން އެނގިފައިނުވާ އައު މައުލޫމާތެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް