ޕާކިސްތާނުން އެމެރިކާގެ ޑްރޯންތަކަށް ހުއްދަ ނުދިނީ ކީއްވެ؟

Loading

Facebook
Twitter
WhatsApp

ދާދި ފަހުން އެމެރިކާއިން ވަނީ ޕާކިސްތާނުގައި އެމީހުންގެ ޑްރޯންތައް ބޭނުންކުރުމުގެ ހުއްދަ ދެއްވުން އެދި އެގައުމުގެ ބޮޑު ވަޒީރު ޢިމްރާން ޚާނަށް ދަންނަވާފައެވެ. އެއީ ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށްވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

ތުރުކީގެ ނޫހެއް ކަމުގައިވާ ޓީ.އާރް.ޓީ އާއި ހަވާލާދީ ޕާކިސްތާނު ކެބިނެޓުގެ މެންބަރަކު ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގެ ދިފާއީ ކަންކަމުގެ މައްޗަށް އެމެރިކާއަށް ބާރުފޯރުވޭނެ ފަދަ އެއްވެސް ކަމަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު، އިމްރާން ޚާން ފުރުސަތެއް ނުދެއްވާނެއެވެ.

ބޮޑުވަޒީރުގެ އަމުރުފުޅާގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓަރ، ޝާހް މަޙްމޫދު ޤުރެއިޝީ ވަނީ އިސްލާމްއާބާދްގެ އެއްވެސް އަސްކަރީ ބޭހެއް އެމެރިކާއަށް ބޭނުންކުރުމުގެ ހުއްދަ ނުދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ. އެހެންކަމުން އެމެރިކާގެ ޕީ.އޭ.އެފް އިން މިހާރު ވަނީ އެހެން ގައުމެއްގެ މަރުކަޒެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް