ކޮރޯނާ ވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައަށް އަލިމަގެއް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ޖީ.އެސް.ކޭ ވިރްއިން އުފައްދާފައިވާ ސޮޓްރޯވިމެބް ނަމަކަށް ކިޔާ އެންޓިބޮޑީ ޑްރަގް ބޭނުންކުރުމުން ކޮރޯނާ ވައިރަސް ޖެހޭ މީހުންނަށް އެ ބަލީގައި މާ ބޮޑުވަރުވުމުން ދުރުކޮށްދޭކަމަށް ދިރާސާތަކުން ހާމަވެއްޖެއެވެ. މި ބޭސް އުފެއްދި ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން މިއަދު ވަނީ މި ބޭސް ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ކޮރޯނާ ވައިރަހާ ބެހޭ އައު ގައިޑްލައިންގައި މި ބޭސް ބޭނުންކުރުމަށް އިރުޝާދު ދީފައެވެ.

އެމެރިކާއާއި ޔޫރަޕްގެ އެކި ހިސާބުތަކުގައި މިހާރު މި ބޭސް ވަނީ ބޭނުންކުރަން ފަށާފައެވެ. މި ބޭހުން ކޮވިޑް-19ގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި އަލާމާތްތައް ހުއްޓުވައެވެ. ބަލިމީހުންގެ 1057 މީހުން ހިމަނައިގެން ކުރެވުނު ދިރާސާ އަކުން ހާމަވިގޮތުގައި މި ބޭސް ބޭނުންކުރުމުން ބަލީގެ އަލާމަތްތައް %75 ބާރުދަށްވެއެވެ.

ސޮޓްރޯވިމެބް އަކީ މޮނޮކްލޯނަލް އެންޓިބޮޑީސް ނަމަކަށް ކިޔާ ބޭސްވެރިކަމުގެ ބާވަތެކެވެ. މި ބާވަތުގެ ބޭސްތަކުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. ސޮޓްރޯވިމެބް ބޭނުންކުރުމުން ވެސް ކަންތައް ވަނީ ހަމަ މިފަދައިންނެވެ. އެ ބޭސް އިންސާނާގެ ހަށިގަނޑަށް އެތެރެވުމާ އެކު ހަށިގަނޑުގެ ގުދުރަތީ އެންޓިބޮޑީސް ވަރުގަދަކޮށްދީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ދިފާއީ ނިޒާމުން ވައިރަހާ ހަނގުރާމަ ކުރުމަށް އެހީތެރިވެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް