ޒޫމް ބޭނުންކޮށްކޮށް ފޫހިވީތޯ؟ މިއީ ޒޫމްގެ ބަދަލުގައި ތަޖުރިބާކޮށްލުން ރަނގަޅު އެޕްތަކެއް

Loading

Facebook
Twitter
WhatsApp

ކޮރޯނާވައިރަހުގެ އާލަމީ ވަބާ މުޅި ދުނިޔެ ހުއްޓުވާލި ހިސާބުން، ޒޫމް މި ވަނީ އަޅުގަނޑުމެންގެ ހަޔާތުގެ ބައިވެރިއަކަށް ވެފައެވެ. ނަމަވެސް ޒޫމް މެދުވެރިކޮށް އޮފީސް މީޓިންގް ތަކާއި ސްކޫލްތަކާއި ކޮލެޖްތަކުގެ މުހިންމު ބައްދަލުވުންތައް ކުރިޔަށް ގެންދިޔުމަކީ އެހާ ރައްކާތެރި ކަމެއް ނޫންކަމަށް ބްރިޓަންގެ މިނިވަން ޖަމިއްޔާއަކުން ވަނީ ހާމަކޮށްފައެވެ. ޒޫމްގެ ބަދަލުގައި ސްކައިޕްއާއި، މައިކްރޯސޮފްޓް ޓީމްސް، ހައުސް ޕާޓީ، ސިގްނަލް އަދި ވަޓްސްއެޕް ބޭނުންކޮށްލައިގެން ތަޖުރިބާކޮށްލެވިދާނެއެވެ.

ސްކައިޕް އަކީ ގިނަބަޔެއްގެ އިތުބާރު ހޯދާފައިވާ ޒަމާންވީ އެޕެކެވެ. ނަމަވެސް 2011 ވަނަ އަހަރު މައިކްރޯސޮފްޓްއިން ސްކައިޕް ގަތުމާ ގުޅިގެން އެ އެޕްގައި ހުރި ބައެއް ކަންކަން އިސްލާހު ނުކުރެވި ހުރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެ އެޕް ބޭނުންކުރުމުން ދުރުވެފައެވެ.

މައިކްރޯސޮފްޓް ޓީމްސް އަކީ އެއްފަހަރާ ވަރަށް ގިނަ މީހުންނަށް އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރި ވުމުގެ ފުރުސަތު ފަހިކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. މިހާރު މި އެޕްގައި އެއްފަހަރާ 250 މީހުންނަށް ބައްދަލުވުމެއްގައި ބައިވެރިވެވޭނެއެވެ. އަދި މި އަހަރުގެ ފަހުކޮޅު ނެރުމަށް ތާވަލުކޮށްފައިވާ އަޕްޑޭޓަށް ފަހު އެއްފަހަރާ 1000 މީހުންނަށް ބައިވެރިވެވޭނެކަމަށް މައިކްރޯސޮފްޓުން ވަނީ އިއުލާނު ކޮށްފައެވެ. ޒޫމް ބޭނުންކުރުމުގައި ސެކިއުރިޓީބައެއް މައްސަލަތަކާމެދު ކަންބޮޑުވާންޖެހޭ ފަހަރު އާދެއެވެ. ނަމަވެސް މައިކްރޯސޮފްޓް ޓީމްސްގެ ޕްރައިވެސީ ޕޮލިސީގެ ދަށުން މިފަދަ އެއްވެސް މައްސަލައަކާމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

ހައުސް ޕާރޓީ އަކީ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެޕެކެވެ. މި އެޕް ބޭނުންކޮށް ވާހަކަދައްކައި ގޭމްކުޅުންފަދަ ކަންކަން ވަރަށް ފަސޭހަކަމާއެކު ކުރެވޭނެއެވެ.

ސިގްނަލް އަކީ ހުރިހައި މެސެޖިން އެޕްލިކޭޝަން ތަކުގެ ތެރެއިންވެސް އެންމެ ރައްކާތެރި އެޕްލިކޭޝަންއެވެ. ސިގްނަލްގައި ގްރޫޕް ވީޑިޔޯ ކޯލެއް ނުކުރެވޭނެއެވެ. ނަމަވެސް ދެމީހެއްގެ ދެމެދުގައި އެންކްރިޕްޓެޑް ވީޑިޔޯ ޗެޓް ރައްކާތެރިކަމާއެކު މި އެޕް ބޭނުންކޮށްގެން ކުރެވިދާއެވެ.

ވަޓްސްއެޕް އަކީ 2 މިލިނަށްވުރެ ގިނަ މީހުން ބޭނުންކުރާ އެޕްލިކޭޝަނެކެވެ. ވަޓްސްއެޕް މެދުވެރިކޮށް ހިލޭ ވީޑިޔޯ ޗެޓް ކުރެވޭނެއެވެ.

ޒޫމްގެ ބަދަލުގައި ބޭނުންކޮށްލާނެ އެހެން އެޕްލިކޭޝަނެއް ހޯއްދަވާ ކަމުގައި ވަނީނަމަ މި ދެންނެވި 5 އެޕްލިކޭޝަން ތަޖުރިބާ ކޮށްލެއްވިދާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް