އިޒްރޭލާއި ޔޫ.އޭ.އީ އާ ދެމެދު މިދިޔަ އަހަރު ވަނީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދާދި ފަހުން އިޒްރޭލުގެ ޕްރައިވެޓް ނިއުސް ޗެނެލަކުން ވަނީ ޑުބާއީ ގައި މީޑިޔާ އޮފީހެއް ހުޅުވާ ކަމުގެ ޚަބަރު އިއުލާނުކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު އިއުލާނުކޮށްފައިވާ މި ޚަބަރު ވެގެން ދިޔައީ ޔޫ.އޭ.އީގައި ދިރިއުޅެމުންދާ މުސްލިމުންނަށް ލިބުނު ހިތާމަވެރި ޚަބަރަކަށެވެ. އެ ގައުމުގެ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކޮށްފައިވީ ނަމަވެސް އެ ގައުމުގެ މުސްލިމް ރައްޔިތުން ހަގީގަތުގައި އިޒްރޭލާ ވަރަށް ދެކޮޅެވެ. އަރަބީންނަށް އަމާޒުކޮށްގެން އިޒްރޭލުގެ ނޫސް ޗެނެލެއްގެ އޮފީހެއް ޑުބާއީ ގައި ހުޅުވުމާ މެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި މި ކަމަކީ އިޒްރޭލުގެ ކުރީގެ ޕްރައިމް މިނިސްޓަރ، ބެންޖަމިން ނަތަންޔާހޫ އަޑީގައި ހުންނަވައިގެން ކުރައްވާ މަކަރާއި ހީލަތުން ފުރިގެންވާ ކަމެއް ކަމުގައި އެ ގައުމުގެ ރައްޔިތުން ދަނީ ސިފަކުރަމުންނެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިޒްރޭލުން ވަނީ އަނެއްކާވެސް ޣައްޒާއަށް ބޮން އަޅަން ފަށާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ފޭރުމާއި އެމީހުންނަށް އަނިޔާކުރުމުގެ ގޮތުން ހިންގާ ކަންކަން އަދިވެސް އިޒްރޭލުން ކުރިޔެކޭ އެއްފަދައިން ހުއްޓާނުލައި ކުރިޔަށް އެބަ ގެންދެއެވެ.
One Response
Arabi Muslim gaumu thakun ves e meehun na ehee ve gulhun ufadha nee viyya