ވެކްސިން ޖަހާފައި ތިބި އެތައް ޑޮކްޓަރުންނެއް އިންޑޮނޭޝިޔާގައި ކޯވިޑް 19 އަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑޮނޭޝިޔާގައި 350 ޑޮކްޓަރުން ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. އަދި ފަސް ޑޮކްޓަރުން ވަނީ މި ބަލީގައި މަރުވެފައެވެ. ފައްސިވެފައިވާ ހުރިހާ ޑޮކްޓަރުންނަކީވެސް ކޮރޯނާ ވައިރަހުގެ ވެކްސިން ޖަހާފައިވާ މީހުންނެވެ.

އިންޑޮނޭޝިޔާގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަހަރު ޖެނުއަރީ މަހު ފެށުމާއެކު އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ. މައިގަނޑު ގޮތެއްގައި އެ ގައުމުގައި ބޭނުންކުރި ވެކްސިން އަކީ ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ ސިނޮވެކް ވެކްސިން ކަމުގައި އިންޑޮނޭޝިއަން މެޑިކަލް އެސޯސިއޭޝަން ( އައި.ޑީ.އައި) އިން ވަނީ މައުލޫމާތުދީފައެވެ.

ވެކްސިން ޖަހާފައިވާ ޑޮކްޓަރުން ކޮވިޑް-19 އަށް ފައްސިވުމާއި ވެކްސިން ޖަހާފައިވާ ބައެއް ޑޮކްޓަރުން މަރުވަމުންދާތީ ގިނަ ބަޔަކު ދަނީ ވެކްސިންއާ މެދު ސުވާލު އުފައްދަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް