އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓްއިން ކޯވިޑް-19ގެ އައު ވޭރިއެންޓަށް ވެކްސިންއެއް އުފައްދައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ނޮވަވެކްސްގެ ސައިންސްވެރިން ތައްޔާރުކޮށްފައިވާ ކޯވިޑް-19ގެ ވެކްސިން އުފެއްދުމުގެ މަސައްކަތް އިންޑިޔާގައި ފަށައިފިއެވެ.

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ( އެސް.އައި.އައި) ގެ ސީ.އީ.އޯ ކުރައްވާފައިވާ ޓްވިޓެއްގައި ނޮވަވެކްސް ގެ ފަރާތުން އުފައްދާފައިވާ ކޮވަވެކްސް ނަމަކަށް ކިޔާ މި ވެކްސިން އިންޑިޔާގައި ފުޅާ ދާއިރާއެއްގައި އުފައްދުމުގެ މަސައްކަތް މިހާރު ރަސްމީކޮށް ފައްޓަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

އެސް.އައި.އައި އިން ވަނީ ނޮވަވެކްސް އާ އެކު މި ވެކްސިންގެ އެއްބިލިއަން ޑޯޒް އުފައްދަން އެއްބަސްވެފައެވެ. މި ވެކްސިން އަކީ 2 ޑޯސް ހިމެނޭ ވެކްސިންއެކެވެ. އަދި މި ވެކްސިންގެ ތިންވަނަ ޓްރައަލްގައި ރަނގަޅު ނަތީޖާތައް މި ވެކްސިން ޓެސްޓުކުރި ކުރުމުން ލިބިފައިވާކަމަށް ނޮވަވެކްސްއިން ވަނީ ހާމަކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް