ވެކްސިންގެ ސަބަބުން އުފެދޭ ހިތުގެ ބައްޔަކަށް ސަމާލުވުމަށް އެމެރިކާއިން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ޖޫން 25 ވީ ހުކުރު ދުވަހު އެމެރިކާގެ ޑްރަގް އޮތޯރިޓީން ވަނީ ފައިޒާ ވެކްސިން އާއި މޮޑާނާ ކޮވިޑް-19 ވެކްސިން ޖަހާ ބައެއް މީހުންނަށް ހިތުގެ ބައްޔެއް ޖެހޭކަމަށް ބުނެ މިކަމަށް ސަމާލުވުމަށް ގޮވާލާފައެވެ.

މިކަމާ ގުޅިގެން މި ވެކްސިންތަކާ އެކު ދެވޭ ލިޔުންކޮޅުގައި ހެލްތު ރިސްކެއްގެ ގޮތުގައި މިކަން ލިޔެވިފައި ހުންނާނެހެން އެ ލިޔުންތައް ތައްޔާރުކުރުމަށް އެ ކުންފުނިތަކަށް ވަނީ އަންގާފައެވެ.

އެފް.ޑީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި މި ވެކްސިން ތަކުގެ ދެވަނަ ޑޯޒް ޖެހުމާ ގުޅިގެން މަޔޯކާޑައިޓިސް އާއި ޕެރިކާޑައިޓިސް ފަދަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އަދި ވެކްސިން ޖެހުމާ ގުޅިގެން ފުރަތަމަ ދެތިން ދުވަހުގެ ތެރޭގައި މިކަމުގެ އަލާމަތްތައް ފެނުން އެކަށީގެން ވެއެވެ.

ހަގީގަތުގައި މިހާރު އެކި ގައުމުތަކުން ބޭނުންކުރަމުންދާ ކޮވިޑް-19 ވެކްސިން ތަކަކީ އެމަޖެންސީ ހާލަތުގައި ތައްޔާރުކުރެވިފައިވާ ތަކެއްޗެވެ. ވެކްސިންއެއް ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ރައްކާތެރިކަމާބެހޭ ހުރިހާ ޝަރުޠުތަކެއް ފުރިހަމަ ވެފައި ވޭތޯ ބަލަންޖެހޭ މިންވަރަށް ބެލެވި ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް މުޅި ދުނިޔެއަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތުގެ ސަބަބުން ސަރުކާރުތަކުން މި ވެކްސިންތައް ބޭނުންކުރުމަށް ރައްޔިތުންނަށް ބާރުއެޅުމަށް ވަނީ މަޖުބޫރުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް