ދޯދިޔާ އަދި އަނިޔާވެރި ސިޔާސަތެއް ގެންގުޅުއްވި އެމެރިކާގެ ދިފާއީ ވަޒީރު އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

ބައެއް ތާރީޚީ އިލްމުވެރިންނާއި އަސްކަރީ ލީޑަރުން ދެކިލައްވާ ގޮތުގައި އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި ފެށި ހަނގުރާމައިގެ ހާލަތު އެހާ ބޮޑަށް ގޯސް ވުމަށް މަގުފަހި ވެގެންދިޔައީ ބުދަދުވަހު އަވަހާރަވި އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރު ޑޮނަލްޑް ރަމްސްފީލްޑްގެ ދޯދިޔާ އަދި އަނިޔާވެރި ސިޔާސަތުގެ ސަބަބުންނެވެ.

އިރާގާއި އަފުޣާނިސްތާނުގައި ރަމްސްފީލްޑް ގެންގުޅުއްވި ހަނގުރާމައިގެ ދޯދިޔާ އަދި އަނިޔާވެރި ސިޔާސަތުގެ ސަބަބުން އެ ދެ ގައުމުގެ ކުށެއް ނެތް އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

އިރާގުގެ ބޭފުޅެއްކަމުގައިވާ އިޔާދް އަލް ބަޣްދާދީ ކުރެއްވި ޓްވީޓެއްގައި ޑޮނާލްޑް ރަމްސްފީލްޑް އަކީ އަނިޔާވެރި، ކުށްވެރިއެއްގެ ގޮތުގައި ސިފަ ކުރައްވައި، އޭނާގެ މައްޗަށް ބަދު ދުޢާ ކުރައްވާފައިވެއެވެ.

އަފްޣާނިސްތާނާއި އިރާގުގައި އެމެރިކާއިން ފެށި ހަނގުރާމައިގެ މޭސްތިރިއަކަށް ހުންނެވި ޑޮނަލްޑް ރަމްސްފީލްޑް އަވަހާރަވީއިރު، އުމުރުފުޅަކީ 88 އަހަރެވެ.

ރަމްސްފީލްޑްގެ އާއިލާއިން ވަނީ އޭނާގެ ޖަނާޒާގައި ބައިވެރިވެ އޭނާ އަވަހާރަވީ ޚަބަރު ޓްވިޓާރގައި އާންމުކޮށްފައެވެ. އޭނާ ފަސްދާނުލެވިފައިވަނީ ނިއު މެކްސިކޯގެ ޓާއޮސްގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް