އަމިއްލަ ދިފާއުގައި ކަމަށް ބުނެ އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި

291

އެމެރިކާގެ ރައީސް، ޖޯ ބައިޑެންގެ އަމުރުފުޅަށް އެމެރިކާގެ ވައިގެ ސިފައިން ވަނީ ސީރިއާގައި ތިބި އީރާނުގެ ސިފައިންގެ ސަފުތަކަށް އަމާޒުކޮށް ވައިގެ ހަމަލާއެއް ދީފައެވެ.

ޕެންޓަގަންގެ ޕްރެސް ސެކްރެޓެރީ، ޖޯން ކާރްބީ މިކަމާގުޅިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި މި ހަމަލާ ދޭން މެދުވެރިވި ސަބަބަކީ އީރާނުގެ ސިފައިން އިރާގުގެ ސިފައިންގެ ތެރޭގައި އުޅޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދާތީއެވެ. އެމެރިކާއިން އިރާނަށް ދިން މި ހަމަލާގެ އަމާޒަކީ އިރާގާއި ސީރިޔާގެ ބޯޑަރު ސަރަހައްދުގައި ހުރި ހަތިޔާރު ބަހައްޓާ ގުދަންތައް ކަމަށްވެސް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.

އެމެރިކާގެ ސަރުކާރުގެ އިސް މަގާމެއް ކުރިން އަދާކުރެއްވެވި، ޖަސްޓިން އަމާޝް ވަނީ އެމެރިކާ ސަރުކާރުގެ މި ހަމަލާ ކުށްވެރި ކުރައްވަވާފައެވެ. އަދި އަމިއްލަ ދިފާއުގައި ކަމަށް ބުނެ އެމެރިކާއިން އެހެން ގައުމުތަކަށް ދެމުން ގެންދާ ހަމަލާތަކަކީ ވަރަށް ތާކުންތާކު ނުޖެހޭ ބަހަނާތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. ގާނޫނުގެ ދަށުން އެމެރިކާ ސިފައިން އެ ގައުމުގައި އުޅެމުންދަނީ ގަވައިދާ ހިލާފަށް ކަން ފާހަގަކުރައްވައި އެހެން ގައުމަކަށް މިފަދައިން ބޮން އެޅުމުގެ ހައްގު ޖޯ ބައިޑެންއަށް ލިބިވަޑައިނުގަންނާވާނޭކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ