ފްލޮރީޑާގައި ހުރި އިމާރާތެއް ވެއްޓުނު ހާދިސާގައި 27 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޕްލޮރިޑާގައި ހުރި އިމާރާތެއް ވެއްޓުނު ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 27 އަށް އަރާފައިވާކަމަށް މަޔާމީ-ޑޭޑް އެސިސްޓެންޓް ފަޔާ ޗީފް، ރައިޑޭ ޖަޑައްލޯ ވިދާޅުވެއްޖެއެވެ.

އިމާރާތް ވެއްޓުނު ހާދިސާގެ ފަހުން މިހާރު ދެ ހަފުތާއެއްހާ ދުވަސް ފާއިތުވެފައިވާ އިރު ސަލާމަތުން ދިރި ތިބި މީހުން ދެން ފެންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހާދިސާގައި 115 އަށް ވުރެ ގިނަ މީހުން އަދިވެސް ވަނީ ގެއްލިފައެވެ.

މަޔާމީގެ ފަޔާ ބްރިގޭޑުން ވަނީ އެ އިމާރާތް އިތުރަށް ހަލާކޮށްލައިގެން މީހުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައެވެ. އަދި ޑައިނަމައިޓް ބޭނުންކޮށްގެން އިމާރާތް ގޮއްވާލަން ސަރުކާރުން މިހާރު ވަނީ ހުއްދަ ދީފައެވެ. ހާދިސާ ހިނގިތާ އެހާ ގިނަ ދުވަސް ފާއިތުވެފައިވާއިރު ދިރިތިބީން ފެންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަވެފައިވާ ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސަރަހައްދަށް ތޫފާނެއް އައުން އެކަށީގެންވާކަމަށް ކަމާބެހޭފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. އަދި ތޫފާނެއް އަތުވެއްޖެ ނަމަ އެ އިމާރާތުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކަށް އަސަރު ކުރާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް