ސައުދީގައި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލި ދެ އަންހެނުން ޖަލުން ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ޖަލުގައި ތިބި އަންހެން ދެ އެކްޓިވިސްޓުން އާދީއްތަ ދުވަހުގެ ވަގުތެއްގައި ސައުދީން ދޫކޮށްލައިފިއެވެ. ލަންޑަން ބޭސްޑް ރައިޓްސް ގްރޫޕެއް ކަމުގައިވާ އޭ.އެލް.ކިއު.އެސް.ޓީން މިކަމާ ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައިވާ ގޮތުގައި މި ދެ އެކްޓިވިސްޓުން ދޫކޮށްލާފައިވަނީ ބަންދުގައި ތިބޭތާ ތިން އަހަރު ދުވަސް ފަހުންނެވެ. ސާމަރް ބަދަވީ އާއި ނަސީމާ އަލް ސަޢުދާ އަކީ ސައުދީގައި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލި ދެ މީހުންނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ފަދަ އަމަލުތައް ކުރިކަމުގެ ތުހުމަތުގައެވެ. އެމީހުން ދޫކޮށްލާފައިވަނީ އެމީހުންގެ މައްޗަށް އިއްވި ތިން އަހަރުދުވަހުގެ ޖަލު ހުކުމް ނިމުމާ ގުޅިގެންނެވެ.

އެމީހުން ހައްޔަރު ކުރުމުގެ ކުރިން އެމީހުން ވަނީ ސައުދީގެ ގާނޫނުތަކާ ދެކޮޅަށް ވަކާލާތުކޮށްފައެވެ. އޭރުގެ ގާނޫނު ތަކުގައި ވާގޮތުން އަންހެނުންނަށް ލައިސެންސް ނަގައި އުޅަނދު ދުއްވުމުގެ ހައްގެއް ނޯވެއެވެ. އަދި އަންހެނުންނަށް ދަތުރުފަތުރު ކުރުމުގެ ހައްގެއްވެސް ނޯވެއެވެ. އޭނާގެ ބައްޕަ ނުވަތަ، ފިރިމީހާ އަދި ބައެއް ހާލަތްތަކުގައި ފިރިހެން ދަރިންނަށްވެސް އަންހެނުންގެ ޕާސްޕޯޓު ހިފެހެއްޓުން ގާނޫނުގައި ވަނީ ހުއްދަކޮށްފައެވެ. ނަމަވެސް މިހާރުވަނީ މި ގާނޫނުތައް އުވާލައިފައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ މިޑްލް އީސްޓާއި ސައުތު އެފްރިކާގެ ޑެޕިއުޓީ ޑިރެކްޓަރ، އާދަމް ކޫގްލް ކުރައްވާފައިވާ ޓްވީޓެއްގައި މި ސަމްރާ އާއި ނަސީމާ ހައްޔަރު ކުރި ކުރުމަކީ ވަރަށް ނާއިންސާފުވެރިކަމެއް ކަމަށް ބުނެ އެމީހުންނަށް ސަރުކާރުން އެ ކަމުގެ ބަދަލު ދިނުމަށް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން އެމްނެސްޓީ އިންޓަރނެޝަނަލްއިންވެސް ވަނީ އެ ދެމީހުން އެ ގައުމުން ބޭރުވުމުގެ ހައްގުން މަހުރޫމުކޮށްފައި ވާތީ އެ ކަމާ ނުރުހުން ފާޅުކޮށް އެ ހުކުމް ބާތިލުކުރުމަށް ގޮވާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް