އިޒްރޭލު ސިފައިންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް

Loading

Facebook
Twitter
WhatsApp

އިޒްރޭލުން ދަނީ ގާނޫނާއި ޚިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނު ރައްޔިތުންގެ ގެތައް ފޭރިގަންނަމުންނެވެ. މިދިޔަ ހުކުރުދުވަހުގެ ހުކުރު ނަމާދަށް ތިއްބައި އިޒްރޭލު ސިފައިން ވަނީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ރަބަރު އުންޑައާއި ކަރުނަގޭސް ޖަހާފައެވެ.

ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ވެސްޓް ބޭންކްގައި ހިނގި ކުރިމަތިލުންތަކުގައި 379 މީހުން ވަނީ ޒަހަމުވެފައެވެ. އޭގެ ތެރެއިން 31 މީހުން ޒަހަމުވެފައިވަނީ އިޒްރޭލު ސިފައިންގެ އުންޑަތަކުގެ ސަބަބުން ކަމުގައި ފަލަސްތީން ރެޑް ކްރެސެންޓުން ވަނީ މައުލޫމާތު ދީފައެވެ. އެތައް ސަތޭކަ މީހުންނަށް ކަރުނަ ގޭހުގެ އަސަރުތަކުގެ ސަބަބުން ފަރުވާދޭން ޖެހިފައިވާކަންވެސް ރެޑް ކްރެސެންޓުން ވަނީ ހާމަކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވެސްޓް ބޭންކްގައި ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ 650،000 ރައްޔިތުން ވަނީ ގަވައިދާ ޚިލާފަށް ވަޒަންވެރިވެފައެވެ. ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މިއީ ގަވައިދާ ޚިލާފަށް އިޒްރޭލުން ވަޒަންވެރިވެފައިވާ ބިންތަކެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް