ކޮރޯނާ ވައިރަހާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެހާ އަވަހަށް ލުއި ނުކުރޭ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

Loading

Facebook
Twitter
WhatsApp

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19، ވަބާއިން ދުނިޔެ އަދި ސަލާމަތް ނުވާކަން ފާހަގަ ކޮށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކޮވިޑް-19 އަށް ސާމާލުވުމަށް ހުރިހާ ގައުމުތަކަށް އަނެއްކާވެސް ގޮވާލައިފިއެވެ.

ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޔޫ.އެންގެ ހެލްތު އޭޖެންސީގެ ތަޖުރިބާކާރު، މައިކް ރާޔަން ވަނީ އެކި ގައުމުތަކުން ސަލާމަތީ ފިޔަވަޅުތަކަށް ލުއިދެމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމެރިކާގައި އަދިވެސް ކޮންމެ ހަފްތާއަކު މިލިއަނެއްހާ މީހުން ކޮވިޑް-19 ބައްޔަށް ފައްސިވަމުންދާކަމަށާއި ޔޫރަޕުގައި ވެސް ފައްސިވާ މީހުންގެ އަދަދު އަދިވެސް އުޅެނީ ވަރަށް މަތީގައި ކަން އޭނާ ވަނީ މި ބައްދަލުވުމުގައި ފާހަގަ ކުރައްވާފައެވެ. އެފްރިކާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލީގެ ތިންވަނަ ރާޅުގައި އެތައް ބަޔަކު މަރުވަމުން ދާކަން ވަނީ ޑަބްލިއު.އެޗް.އޯގެ އެފްރިކާއާ ބެހޭ ޑައިރެކްޓަރު ވިދާޅުވެފައެވެ. މީގެ އިތުރުން ރަޝިޔާގައި މިދިޔަ އަންގާރަ ދުވަހު ފައްސިވި މީހުން ވަނީ ރެކޯޑު އަދަދަކަށް އަރާފައެވެ. އަދި 737 މީހުން ވަނީ އެ ދުވަހު ބަލީގައި މަރުވެފައެވެ.

ޑެލްޓާ ވޭރިއެންޓް 100 އަށްވުރެ ގިނަ ގައުމަށް މިހާރު ފެތުރިފައި ވާއިރު މި ވޭރިއެންޓް ޖެހޭ މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ބަލިމަޑުކަން ގޯސްވަމުންދާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސިއްހީ މާހިރުން ލަފާކުރައްވާ ގޮތުގައި ގައުމެއްގެ އާބާދީގެ 80 އިންސައްތަ ވެކްސިނޭޓް ކޮށްގެން މެނުވީ ބަލީގެ ބިރުވެރިކަން ކުޑައެއް ނުވާނެއެވެ. އެހެންކަމުން އެ ހިސާބަށް ވާސިލުވެފައި ނުވާ ގައުމުތަކުން ބައްޔާމެދު އަދިވެސް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް