އެއާރ އޭޝިޔާގެ ޕެސެންޖާ ކްރެޑިޓް ވެލިޑިޓީ ތިން އަހަރަށް އިތުރުކޮށްފި

69

މި އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ކުރިން ކްރެޑިޓް އިޝޫކޮށްފައިވާ ކަސްޓަމަރުންގެ ކްރެޑިޓް މުއްދަތު ހަމަވާ ތާރީޚު ތިން އަހަރަށް އިތުރު ކުރުމަށް ނިންމައި އެއަރ އޭޝިޔާއިން އެކަން އިއުލާނުކޮށްފިއެވެ.

އެއަރ އޭޝިއާން ބުނިގޮތުގައި ކުރިން ދޫކޮށްފައިވާ ހުރިހާ ކްރެޑިޓަކަށްވެސް މި ގަވައިދު ތަންފީޒު ކުރެވިގެންދާނެއެވެ.

އެއަރ އޭޝިއާގެ ގްރޫޕް ޗީފް ކަސްޓަމަރ ހެޕިނެސް އޮފިސަރ، އާދަމް ގަނީވާރ ބުނިގޮތުގައި ތިން އަހަރުދުވަހަށް ކްރެޑިޓް އެކައުންޓްގެ މުއްދަތު އިތުރުކޮށްދިނުމުގެ އިތުރުން ބޭނުންވާ ކޮންމެ ވަގުތަކު ފްލައިޓް ބުކްކޮށްލުމުގެ ފުރުސަތު ވެސް ކްރެޑިޓް އެކައުންޓް ބޭނުންކުރާ މީހުންނަށް ލިބިގެންދާނެއެވެ. ތިމާގެ އަމިއްލަ ފްލައިޓް ޓިކެޓުގެ އިތުރުން ބޭނުންވާ އެހެން މީހުންގެ ފްލައިޓް ޓިކެޓަށްވެސް މި އެކައުންޓް ބޭނުންކޮށްގެން ލާރި ދެއްކިދާނެއެވެ. މީގެ އިތުރުން ބެގެޖް އެލަވެންސް ގަނެ، ފްލައިޓްގައި ކާތަކެތި ގަނެ، ޓެކްސް ދެއްކުން ފަދަ ކަންކަމަށްވެސް ކްރެޑިޓް އެކައުންޓް ބޭނުންކުރެވިދާނެއެވެ.

މި ޚިދުމަތްތައް ލިބިގެންދާނީ ހަމައެކަނި އެއަރ އޭޝިޔާގެ ވެބްސައިޓް ނުވަތަ އެޕް ބޭނުންކޮށްގެން ފްލައިޓް ބުކްކުރާ މީހުންނަށެވެ.

ޓްރެވެލް އޭޖެންސީތަކުން ފްލައިޓް ބުކްކުރާނަމަ މި ފުރުސަތު ލިބުމާއި ނުލިބުން ބިނާވެފައިވަނީ އެ އޭޖެންސީއެއްގެ ގަވައިދުތައް ބިނާކޮށްފައިވާ ގޮތެއްގެ މައްޗަށް ބަލައިގެންނެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ