އަފްޣާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ އަންހެން ދަރިފުޅު ރަހީނުކުރުމަށްފަހު ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުން ފާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ނަޖީބް ޢަލީޚިލްގެ އަންހެން ދަރިފުޅު ސިލްސިލާ ޢަލީޚިލް ރަހީނުކޮށް އަނިޔާ ކުރުމަށްފަހު އޭނާ މިހާރު ދޫކޮށްލާފައި ވާކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ހާމަކޮށްފައެވެ.

މިކަމާގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓްރީން

ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސިލްސިލާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް ތަފްސީލެއް މި ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. މި އަނިޔާވެރި އަމަލު ކުށްވެރިކޮށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމުގެ އިސް ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިތުރުފިޔަވަޅުތައް އަޅަން ޖެހޭކަމަށް ބުނެފައެވެ. އަދި ގައުމުގެ ސަފީރުންނާއި އެފަދަ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައްކާތެރިކަން ދެއްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފޮރިން މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ސިލްސިލާ ޢަލީޚިލް ރަހީނުކޮށްފައިވަނީ ކުއްޔަށް ހިފާފައިވާ އުޅަނދެއްގައި ދުއްވާފައި ދަނިކޮށެވެ. ނަމަވެސް އޭނާ ރަހީނުކޮށްފައިވަނީ ކޮންބަޔެއްކަން ސަރުކާރުން އަދި ހާމަކޮށްފައެއްނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް