އަފްޣާނިސްތާނުގައި ޠާލިބާނުން ކުރަމުންދާ އަނިޔާ ހުއްޓުމަށް އުރްދުޣާން ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

އިސްތަންބޫލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ތުރުކީވިލާތުގެ ރައީސް، ރަޖެބް ޠައްޔިބް އުރްދުޣާން ވަނީ ޠާލިބާނުން އަފްޣާނިސްތާނުގައި ހިންގަމުންދާ އަމަލުތަކަކީ އެއް މުސްލިމަކު އަނެއް މުސްލިމަކާ ދޭތެރޭ އަމަލުކުރަން އެކަށީގެންވާ ގޮތެއް ނޫންކަމުގައި ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ޠާލިބާނުންނަށް އެމީހުންގެ މުސްލިމް އަޚުން ކަމުގައިވާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ބިންތައް ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

އުރްދުޣާން ވިދާޅުވެފައިވާ ގޮތުގައި ތުރުކީވިލާތުން މިހާރު ދަނީ ޠާލިބާނުންނާ އެކު ސުލްހައިގެ މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންނެވެ. މި ވާހަކަތަކުގެ ތެރޭގައި އެ ޖަމާއަތުން ކާބުލް އެއާރޕޯޓް ހިންގުމުގެ ހުއްދަ އަންކާރާއަށް ދިނުމާބެހޭ ވާހަކަތައް އަނެއްކާވެސް ދެކެވޭނެކަމަށް އުރުދުޣާން ވަނީ ހާމަކުރައްވާފައެވެ. މީގެ ކުރިން ޠާލިބާން ޖަމާއަތުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

އުރްދުޣާން ގެ ވާހަކަފުޅު ނިންމަވާލައްވަމުން އޭނާ ވަނީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި ސުލްހަވެރިކަން ގާއިމު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް