އިޒްރޭލުގެ ޕެގަސަސް ސްޕައިވެއާރގެ ސަބަބުން މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ ކުންފުންޏެއް ކަމުގައިވާ އެން.އެސް.އޯގެ ސޮފްޓްވެއާރއެއް ކަމުގައިވާ ޕެގަސަސް ސްޕައިވެއާރ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރއުޅެމުންދާ މީހުންގެ ފޯނުތައް ހެކުކޮށްފައިވާކަން ދާދިފަހުން ހާމަވުމާ ގުޅިގެން އިޒްރޭލު ސަރުކާރުން މިދިޔަ ބުރާސްފަތިދުވަހު ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ނިންމާފައެވެ.

އިޒްރޭލުގެ ފޮރިން އެފެއާސް އެންޑް ޑިފެންސް ކޮމިޓީން ވަނީ މިކަމާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކުރުމަށް ނިންމައި ބުރާސްފަތިދުވަހު އެކަން އިއުލާނުކޮށްފައެވެ. މިކަން ކުރުމަށް ނިންމާފައިވަނީ އެކި ގައުމުތަކުގެ އިސް ވެރިންނާއި، އިދިކޮޅު ޕާރޓީތަކުގެ އިސް މެމްބަރުންނާއި، އެކްޓިވިސްޓުންނާއި، ނޫސްވެރިންގެ ތެރެއިން 50000 މީހުންގެ ނަން ހިމެނޭ ލިސްޓެއް ލީކުވުމާއި ގުޅިގެންނެވެ. މި ލިސްޓުގައި ހިމެނޭމީހުންގެ ފޯނުތައް މި ސޮފްޓްވެއާރ ބޭނުންކޮށްގެން ވަނީ ހެކްކޮށްފައެވެ.

ޕެގަސަސް ބޭނުންކޮށްގެން ހެކްކުރާ މީހާއަށް އަނެކާގެ ފޯނުގައި ހުންނަ ހުރިހާ މައުލޫމާތެއް އެމީހަކަށް ނޭނގި ބޭނުން ކުރެވޭނެއެވެ. އަދި ފޯނުގެ ލޮކޭޝަންއާއި ކެމެރާ އަދި މައިކްރޮފޯންވެސް ބޭނުންކުރެވޭނެއެވެ.

އެން.އެސް.އޯ ގްރޫޕުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ލީކުވެފައިވާ ލިސްޓަކީ އެ ކުންފުނީގެ ޒިންމާގެ ދަށުގައިވާ ބައެއް ނޫންކަމުގައި ބުނެފައެވެ. ކުންފުނީގެ ޗީފް އެގްޒެކްޓިވް، ޝާލެވް ހުލިއޯ މިކަމާގުޅިގެން ދެއްވި ބަސްދީގަތުމެއްގައި މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ނިންމާފައިވާ ނިންމެވުމަށް މަރުހަބާކިޔުއްވައި އެކަން ކުރުމަށް ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ އިޒްރޭލުގެ ސައިބާރ އިންޑަސްޓްރީއަށް ހުތުރު ނަމެއް ދިނުމުގެ މަގްސަދުގައި ބަޔަކު މީހުން ރާވައިގެން ކުރި ކަމެކެވެ.

އެން.އެސް.އޯއިން މައުލޫމާތުދީފައިވާ ގޮތުގައި އިޒްރޭލު ސަރުކާރުގެ ހުއްދައާ އެކު އެ ކުންފުނިން ވަނީ 45 ގައުމަކަށް ޕެގަސަސް ސޮފްޓްވެއާރ ބޭނުންކުރެވޭގޮތަށް ހާދާފައެވެ. އަދި ސަރުކާރުތަކުން ހޯދަން ބޭނުންވާ މީހުންގެ މައުލޫމާތު ހޯދަން ބޭނުންވެއްޖެ ކޮންމެ ގައުމެއްގެ ސަރުކާރަކަށްވެސް އެ ފުރުސަތު ފަހިކޮށްދޭނެކަމަށް އެމީހުން ވަނީ ބުނެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް