ބެން އެންޑް ޖެރީ އައިސް ކްރީމް: އިޒްރޭލުގެ ދުޝްމިނެއް

121

މިދިޔަ ހަފްތާގެ ތެރޭގައި މަޝްހޫރު އައިސް ކްރީމް ބްރޭންޑެއް ކަމުގައިވާ ބެން އެންޑް ޖެރީން ވަނީ އިޒްރޭލުގެ އެއްވެސް ސަރަހައްދަކަށް އެ ބްރޭންޑުގެ އައިސްކްރީމް ނުވިއްކާނެކަން އިއުލާނުކޮށްފައެވެ.

އެ ކުންފުނިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ ބިންތައް ނުހައްގުން ފޭރިގަނެ، ލާއިންސާނީ އަމަލުތައް ހިންގަމުން ދާ އިރު އިޒްރޭލަށް އެ ކުންފުނީގެ އެއްވެސް އެއްޗެއް ވިއްކުމަކީ އިންސާނިއްޔަތުކަމާ ޚިލާފުކަމެއް ކަމުގައި އެ ކުންފުނިން ދެކެއެވެ. އެހެންކަމުން ގިނަ ބަޔެއްގެ ފާޑުކިޔުންތަކާން ކުރިމަތިލާން ޖެހުނެއްކަމަކު އެ ކުންފުނިން އިޒްރޭލުގެ އެއްވެސް ސަރަހައްދަކަށް އައިސްކްރީމް އެތެރެ ނުކުރަން ވަނީ މިހާރު ނިންމާފައެވެ.

މި ކުންފުނިން މިކަން އިއުލާނު ކުރުމާ ގުޅިގެން އިޒްރޭލުން މިކަން ސިފަކޮށްފައިވަނީ އައު ވައްތަރެއްގެ ޓެރަރިޒަމްއެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެމެރިކާގެ ބައެއް ސްޓޭޓުތަކުގެ ގާނޫނުގެ ދަށުން ބެން އެންޑް ޖެރީސް އައިސްކްރީމް އެ ގައުމުގައި ވިއްކުން މަނާކުރުންވެސް އެކަށީގެންވެއެވެ. މިގޮތުން އެމެރިކާގެ 30 ސްޓޭޓުގެ ގާނޫނުގައިވާ ގޮތުގެ މަތިން އިޒްރޭލާއި ގުޅިގެން މަސައްކަތް ނުކުރާ ކުންފުނި އިޒްރޭލުގެ ފޮރިން މިނިސްޓަރ، ޔާއިރް ލަޕިޑް ވަނީ އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ. ބެން އެންޑް ޖެރީގެ ވިޔާފާރި މިހާރު ބިނާވެފައި ވަނީ ފަލަސްތީނުގެ ސަޕޯޓަރުންގެ އަތްމަތީގައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ