ޖަމާލް ޚަޝޯގީ މަރުވުމުގެ ކުރިން އޭނާގެ އަންހެނުންނަށް ސްޕައިވެއާރގެ ހަމަލާއަކާ ކުރިމަތިލާން ޖެހުނު

Loading

Facebook
Twitter
WhatsApp

ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި ހެދި ޑިޖިޓަލް ފޮރެންސިކް އެނަލަސިސްއިން ހާމަވެފައިވާ ގޮތުގައި އޭނާ މަރާލުމުގެ ކުރިން އޭނާ އާއި އެންމެ ގާތްކޮށް އުޅުނު ދެ އަންހެނުންގެ ފޯނަށް އަމާޒުކޮށް ބަޔަކުމީހުން ވަނީ ސްޕައިވެއާރ އެޓޭކްއެއް ދީފައެވެ. މިކަމަށް ބޭނުންކޮށްފައިވަނީ އެން.އެސް.އޯ ޕެގަސަސް ގްރޫޕްގެ ސްޕައިވެއާރއެކެވެ.

ކަޝޯގީގެ އަންހެނުން، ހަނާން އެލަޓާ ގެންގުޅުނު އެންޑްރޮއިޑް ފޯނު ވަނީ ޖަމާލް ޚަޝޯގީ މަރާލުމުގެ ހަ

މަސް ކުރިން ޕެގަސަސް ސްޕައިވެއާރ ބޭނުންކޮށްގެން ހެކްކުރުމަށް ކޮންމެވެސް މީހަކު މަސައްކަތްކޮށްފައެވެ. މި މަސައްކަތް ކޮށްފައިވަނީ ކާކުކަމާއި މަސައްކަތް ކާމިޔާބުވެފައިވޭތޯ ނުވަތަ ނޫންތޯ އަދި ފޮރެންސިކް ޓީމަށް ހޯދިފައެއް ނުވެއެވެ. އަދި ޚަޝޯގީއާ އެންމެ ގާތްކޮށް އުޅުނު ހޭޓިސް ސެންޖިޒް ގެންގުޅުނު އައިފޯނު ވަނީ ޚަޝޯގީ މަރުވިތާ ދެތިން ދުވަހުގެ ތެރޭގައި ބަޔަކުމީހުން ހެކްކޮށްފައެވެ.

ފޮރެންސިކް ހެކިން ހާމަވެފައިވާ ގޮތުގައި އެ ދެ މީހުންގެ ފޯނު ނަމްބަރު އެން.އެސް.އޯގެ ޚިދުމަތް ހޯދާ މީހުންގެ ގޮތުގައި ހިމެނޭ 50000 ނަމްބަރު އެކުލެވޭ ލިސްޓުގައި ހިމެނެއެވެ. މި ނަމްބަރުތަކަކީ އެކި ގައުމުތަކަށް ޖާސޫސްކުރުމަށްޓަކައި ގެންގުޅޭ ނަމްބަރުތަކެއް ކަމުގައި ފޮރެންސިކް ޓީމުންވަނީ ހާމަކޮށްފައެވެ.

މި ދެ އަންހެނުންގެ އިތުރުން ޚަޝޯގީގެ ވަރަށް ގާތް އެކުވެރިއެއްގެ ފޯނުވެސް ވަނީ ނޭނގޭ ބަޔަކު ހެކްކޮށްފައެވެ. އަދި އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މަސައްކަތްކުރި ޓީމުގައި ހިމެނޭ އިސް ދެ އޮފިޝަލުންގެ ފޯނަށްވެސް ވަނީ މިފަދަ ހަމަލާއެއް އަމާޒުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް