އިނގިރޭސިވިލާތުން ދަތުރުކުރުމުގެ ރަތް ލިސްޓުގައި އިންޑިޔާ ހިމަނައިފި

އިންޑިޔާގައި ކޮރޯނާ ވައިރަހަށް މީހުން ފައްސިވާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވަމުން ދިޔުމާ ގުޅިގެން އެ ގައުމަށް ދަތުރުކުރުން މަނާކޮށް އިނގިރޭސިވިލާތުން ދަތުރުކުރުމުގެ ރަތް ލިސްޓުގައި އިންޑިޔާ ހިމަނައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، އިންޑިޔާގެ ދިއްލީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަރުފުޅު ކެންސެލް ކުރެއްވި ފަހުންނެވެ. ހެލްތް ސެކެރެޓްރީ މެޓް ހޭންކޮކް މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ރަތް ލިސްޓުގައި އިންޑިޔާގެ ނަން ހިމެނުމާ ގުޅިގެން އެ […]

ރުވާންޑާގައި 1994 ވަނަ އަހަރު ހިނގި ގަތުލުއާންމު ހުއްޓުވުމަށް ފަރަންސޭސިވިލާތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ

ރުވާންޑާގައި 1994 ވަނަ އަހަރު ހިންގާފައިވާ ގަތުލުއާންމަކީ މުޅި ދުނިޔެ ސިއްސުވާލި، އިންސާނީ ކަރާމާތާ ދެކޮޅަށް ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ. މި ގަތުލުއާމުގައި ޖުމަލަ 800000 އަށްވުރެ ގިނަ މީހުން އެއްވެސް ކުށަކާ ނުލައި ގަތުލު ކުރެވުނެވެ. މި ފަދަ ބޮޑު ކަމެއް ހިނގަމުން ދިޔައިއިރު އެކަން ނުހުއްޓުވުނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިން މިކަމަށް ބީރުކަންފަތެއް ދިނުމުންނެވެ. ރުވާންޑާގެ ސަރުކާރުން މިކަމާ ބެހޭގޮތުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ގަތުލުއާންމު ހިނގަމުން ދިޔައިރު ފަރަންސޭސިވިލާތުގެ […]

ސުދާނުން އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ކަނޑައަޅާފައިވާ ގާނޫނު އުވާލަން ނިންމައިފި

އަނެކާވެސް އެހެން މުސްލިމް ގައުމަކުން ފަލަސްތީނަށް ސަޕޯޓުކުރުން ހުއްޓާލައި އިޒްރޭލާ އެކު ގުޅުން ބަދަހި ކުރަން ނިންމައިފިއެވެ. ފަހަކަށް އައިސް ފެންނަމުން ދިޔައީ ސުންނީ އަރަބި ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހިކުރަމުން އަންނަ މަންޒަރެވެ. މިހެން މިކަން ކުރަމުންދަނީ އެ ގައުމުތަކުގެ އިގްތިސާދު ރަނގަޅުކުރުމުގެ ނަމުގައެވެ. މިހާރު މިގޮތަށް ގުޅުން ބަދަހި ކޮށްފައިވާ މުސްލިމް ގައުމުތަކުގެ ލިސްޓަށް ސޫދާންގެ ނަން ވަނީ އިތުރުވެފައެވެ. ދާދިފަހުން އެ ގައުމުން ވަނީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ކުރިން އެ ގައުމުން […]

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވެރިކަމަށް ކުރިމަތިލައްވާނެބާ؟

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ނިމުމާއެކު މުޅި އެމެރިކާގައި ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. މި ހަލަބޮލިކަމުގެ ތެރެއިން ދެން އިވިގެންދިޔަ ވާހަކަ އަކީ 2024 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަން ގަސްތުކުރައްވާކަމުގެ ވާހަކަ އެވެ. ޓްރަމްޕްގެ ސިޔާސީ ޕާރޓީ، ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ސިޔާސީ ހަރަކާތްތައް އިތުރުވަމުންދާކަން އެ ގައުމުގެ މީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި މައިކް ޕޮމްޕޭޔޯ […]

އީރާނުން ޔުރޭނިއަމް އުފެއްދާ މިންވަރު %60 އިތުރުކުރަން ނިންމައިފި

އީރާނުގެ ރައީސް ޙަސަން ރޫޙާނީ މިދިޔަ އާދިއްތަ ދުވަހު ގައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އީރާނުން ޔުރޭނިއަމް އުފައްދާ މިންވަރު %60 އިތުރުކުރުމަށް މިހާރު ނިންމާފައި ވާކަމަށެވެ. އެގޮތަށް އީރާނުން ނިންމީ ދާދި ފަހުން އިޒްރޭލުން އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އިޒުރޭލުގެ ހަމަލާގައި އީރާނުގެ ނިއުކްލިޔާ މަރުކަޒު، ނަންޓާޒްއިން ކަރަންޓު ކެނޑުނެވެ. މި ހަމަލާ ކުށްވެރިކުރައްވައި، މިއީ ނިއުކްލިޔާ ޓެރަރިޒަމް ގެ އަމަލެއްގެ ގޮތުގައި އިރާނުގެ ރައީސް ޙަސަން ރޫޙާނީ ވަނީ […]

އެމެރިކާއިން ޖޭ އެންޑް ޖޭގެ ކޯވިޑް ވެކްސިން ޖެހުން މަނާކޮށްފި

ޖޯންސަން އެންޑް ޖޯނަސަން ބްރޭންޑުން އުފައްދާފައިވާ ކޮރޯނާ ވައިރަހުގެ ވެކްސިން ޖެހުމާ ގުޅިގެން އެތެރެ ހަށީގެ ނިޒާމުތަކަށް ބުރޫއަރައި ލޭގަނޑުވުމުގެ ސަބަބުން އެމެރިކާގެ މީހެއް ވަނީ ދާދި ފަހުން ނިޔާވެފައެވެ. މިކަމާ ގުޅިގެން އެމެރިކާގައި ޖޯންސަން އެންޑް ޖޯނަސަން ކުންފުނިން އުފައްދާ ކޯވިޑް ވެކްސިން ޖެހުން ވަނީ މަނާކޮށްފައެވެ. އަދި ހަމަ މިޔާއެކު ޖޭ އެންޑް ޖޭ ކުންފުނިން ވަނީ މި ވެކްސިން އުފެއްދުން ވެސް މިހާރު ހުއްޓާލާފައެވެ. ވެކްސިން ޖެހުމާ ގުޅިގެން ދިމާވާ މައްސަލަ ތަކާމެދު […]

ރަމަޟާން މަހާ ގުޅިގެން މިސްކިތްތަކަށް ހިމާޔާތްތެރިކަން ދޭނެކަމަށް ފަރަންސޭސިވިލާތުން ބުނެފި

ފަރަންސޭސި ވިލާތުގައި މުސްލިމުންނާ ދެކޮޅަށް ތަންފީޒުކޮށްފައިވާ ގާނޫނުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެ ގައުމަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. މުސްލިމް އަންހެނުން ބުރުގާ އެޅުމަށާއި ހަލާލުގޮތުގައި ޖަނަވާރު ކަތިލުން ވަނީ މި ގާނޫނުގެ ދަށުން މަނާކޮށްފައެވެ. ސަރުކާރުން މި ފަދަ ގާނޫނެއް ތަންފީޒުކުރުން ވެގެން ދިޔައީ މުސްލިމުންނަށް އެ ގައުމުގެ އެހެން ދީންތަކުގެ މީހުން ފުރައްސާރަކޮށް އުނދަގޫ ކުރުމަށް މަގުފަހި ކުރުވި ކަމަކަށެވެ. މިގޮތުން މިސްކިތްތަކުގެ ފާރުތަކުގައި ހަޑިހުތުރު ބަސްތައް ލިޔެ މިސްކިތަށް ދާ މުސްލިމުންނަށް […]

ޖާސޫސްކޮށްދޭން އިންކާރުކުރުމުން އެމެރިކާގެ ރައްޔިތަކަށް ދަތުރުފަތުރު ނުކުރެވޭ ގޮތަށް ހަދައިފި

ލެބަނާންގެ ނަސްލަށް ނިސްބަތްވާ މުސްލިމެއް ކަމުގައިވާ އަޙްމަދް ޗެބެލީއަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ މިވަގުތު ހުރީ ލެބަނާންގައެވެ. އެމެރިކާއަށް އައުން މަނާކޮށް ނޯ ފްލައި ލިސްޓުގައި އޭނާގެ ނަން ވަނީ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން (އޭ.ސީ.އެލް.ޔޫ)އިން ހިމަނާފައެވެ. އޭ.ސީ.އެލް.ޔޫއިން ބުނި ގޮތުގައި ނޯ ފްލައި ލިސްޓުގައި އަޙުމަދުގެ ނަން ހިމަނާފައި ވަނީ އެފް.ބީ.އައިގެ އެންގުމަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އެޕްރީލް 6 ވަނަ ދުވަހު އަޙުމަދް ޗެބެލީވަނީ ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓުގައި އޭނާ ބުނެފައިވާ […]

މެލޭސިޔާގެ އިމިގްރޭޝަން ސިސްޓަމް ބަޔަކު ހެކްކުރިކަން ފަޅާއަރައިފި

މެލޭޝިޔާގެ އިމިގްރޭޝަން ރެކޯރޑްސް ހެކްކޮށް ބަޔަކުމީހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށް ދާދިފަހުން މެލޭޝިޔާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެއެވެ. އިމިގްރޭޝަން ސިސްޓަމް ހެކްކޮށް ބޭރު ގައުމުތަކުގެ މީހުންނަށް ވަގު އައިޑީ ވިއްކައިގެން އެ ގައުމަށް އެތެރެވެވޭގޮތަށް ހަދައިފާވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ. ލަފާކުރެވޭގޮތުގައި މިކަމަކީ 2017 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދާކަމެކެވެ. ހެކަރުންނަށް އެކަން ކުރެވުނީ އިމިގްރޭޝަން އޮތޯރިޓީގައި ތިބި ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. […]

2021 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނުގެ 230 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައިވޭ

ފަލަސްތީނުގެ ޕްރިސަނާރ ސޮސައިޓީން ދާދިފަހުން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުގައި މި އަހަރުގެ ތެރޭގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ 230 ކުޑަކުދިން މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. މި ރިޕޯޓު ނެރެފައިވަނީ އޭޕްރިލް 5 ވަނަ ދުވަހު އެ ގައުމުގައި ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅިގެންނެވެ. މި ދުވަހާ ގުޅިގެން އެ ގައުމުގައި ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިގޮތުން ސަގާފީ ހަރަކާތްތަކާއި، ތައުލީމީ ހަރަކާތްތަކުގެ އިތުރުން ފަލަސްތީނުގެ ކުޑަކުދިންގެ ނިކަމެތި ހާލަތާމެދު ދުނިޔޭގެ އެހެނިހެން ހިސާބުތަކުގެ މީހުންނަށް މައުލޫމާތު […]