2021 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނުގެ 230 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައިވޭ

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ޕްރިސަނާރ ސޮސައިޓީން ދާދިފަހުން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުގައި މި އަހަރުގެ ތެރޭގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ 230 ކުޑަކުދިން މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.

މި ރިޕޯޓު ނެރެފައިވަނީ އޭޕްރިލް 5 ވަނަ ދުވަހު އެ ގައުމުގައި ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅިގެންނެވެ. މި ދުވަހާ ގުޅިގެން އެ ގައުމުގައި ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިގޮތުން ސަގާފީ ހަރަކާތްތަކާއި، ތައުލީމީ ހަރަކާތްތަކުގެ އިތުރުން ފަލަސްތީނުގެ ކުޑަކުދިންގެ ނިކަމެތި ހާލަތާމެދު ދުނިޔޭގެ އެހެނިހެން ހިސާބުތަކުގެ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އަމާޒުގައި މީޑިޔާގެ ޒަރިއްޔާއިން ތަފާތު ހަރަކާތްތައް ބޭއްވުނެވެ.

ފަލަސްތީނުގެ ޕްރިސަނާރ ސޮސައިޓީ އަކީ އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބޭ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ބަލަހައްޓާ ޖަމްޢިއްޔާއެކެވެ. އެމީހުން ނެރުނު ރިޕޯޓުގައި ވާގޮތުގައި ހައްޔަރު ކުރެވިފައިވާ ގިނަ ކުޑަކުދިންނަކީ ޖެރޫސަލެމްގެ ކުދިންނެވެ. އަދި ހައްޔަރު ކުރެވިފައިވާ ކުދިންގެ %85 ކުދިންނަށް އިޒްރޭލުގެ ޖަލުތަކުގައި ބޮޑެތި އަނިޔާތައް ލިބެމުން ދެއެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ އިތުރުން އެކުދިން ލައްވާ އިޒްރޭލުގެ ސިފައިން ދަނީ ބުރަ މަސައްކަތް ކުރުވަމުންނެވެ. ގިނަ ފަހަރަށް އެކުދިން ކެއިންބުއިމަށް ބޭނުންވާނެ ތަކެތިވެސް ޖަލުތަކުން ފޯރުކޮށް ނުދޭކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް