މިއަހަރުގެ ރޯދަމަސް ފެށެނީ ކޮން ދުވަހަކު؟

ރަމަޟާން މަހު މުސްލިމުން ރޯދަ ހިފަން ފަށަނީ ހަނދު ސާބިތު ވުމުންނެވެ. ލަފާކުރެވޭ ގޮތުގައި ރަމަޟާން މަސް ފެށޭނީ އޭޕްރީލް 13 ވަނަ ދުވަހުއެވެ. ހަނދު ސާބިތު ކުރުމުގައި ސައުދީ އާއި މުސްލިމު އާބާދީ ބޮޑު އެހެން ގައުމުތަކުން ބަލާނީ ހަނދު ސާބިތުވިކަމަށް ބުނާ ހެކިވެރިންގެ ހެކި ބަހަށެވެ. ބަހްރެއިންއާއި، މިސްރު، ކުވައިތް، އޮމާން، ގަތަރު އަދި ޔޫ.އޭ.އީ ފަދަ ގައުމުތަކުން ތަބާ ވާންޖެހޭނީ ސައުދީގެ ނިންމުމަށެވެ. ސައުދީން ހަނދު ސާބިތުވެއްޖެ ކަމަށް ބުނުމުން އެ ގައުމުތަކުގެ […]

ޑރ. ޒާކިރު ނައިކު އަނެއްކާވެސް މެލޭޝިޔާގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި

މެލޭޝިޔާގެ ކުއާލަލަމްޕޫރްގައި ދިރިއުޅުއްވަމުން ގެންދަވާ މުންދާ ޑރ.ޒާކިރު ނައިކު އަނެއްކާވެސް އެގައުމުގެ ފެޑެރަލް ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފިއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޑރ. ޒާކިރު ނައިކު ޕޮލިސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ. އިންޑިޔާގައި އިސްލާމްދީނަށް ގޮވާލެއްވުމުގެ މަސައްކަތް ކުރީން ކުރައްވަމުން ގެންދެވި އުމުރުފުޅުން 54 އަހަރުގެ ޑރ. ޒާކިރު ނައިކު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިޔާގައި އެ ގައުމުގެ ރައްޔިތެއްގެ ގޮތުގައެވެ. އިންޑިއާއިން 2016 ވަނަ އަހަރުން ފެށިގެން ދަނީ ޑރ. ޒާކިރު ނައިކު […]

އަސްޓްރާޒެނެކާ ވެކްސިންގެ ސަބަބުން ތްރޮމްބޯސިސް ޖެހުމަށް މަގުފަހިވޭ: އީ.އެމް.އޭ

ކުރިން އަޑު ފެތުރިފައި ވަނީ އަސްޓްރާޒެނެކާ ވެކްސިން ޖެހުމުން ލޭގަނޑުވުމަށް މަގުފަހި ވާކަމަށެވެ. އެކަމާ ގުޅިގެން އެވެކްސިން ޖެހުން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން މެދުކަނޑާލިއެވެ. މިއަދު ޔޫރަޕިއަން މެޑިކަލް އޭޖެންސީ (އީ.އެމް.އޭ) އިން ހާމަކުރިގޮތުގައި އަސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ ސަބަބުން ލޭގަނޑުވުމުގެ އިތުރަށް ތްރޮމްބޯސިސް ޖެހުމަށް މަގުފަހިވަމުން އެބަދެއެވެ. އަސްޓްރާޒެނެކާ ވެކްސިން ޖެހުމުން ލޭގަނޑުވުމަށް މަގުފަހި ވުމުގެ އިތުރަށް ތްރޮމްބޯސިސް އާއި މި ވެކްސިންއާ ގުޅުމެއް ހުރިކަމަށް އީ.އެމް.އޭގެ އިސް އޮފިޝަލަކު، ކަމާ ބެހޭގޮތުން ބޭއްވި […]

އަލަށް ތަންފީޒު ކުރެވުނު ގާނޫނާ ގުޅިގެން އިނގިރޭސިވިލާތުގައި އަދިވެސް މުޒާހަރާ ކުރަނީ

އިނގިރޭސިވިލާތުގައި ދާދި ފަހުން ތަންފީޒުކޮށްފައިވާ ފުލުހުންނަށް ލިބިގެންވާ ބާރުތައް އިތުރުކުރުމާ ބެހޭ ގާނޫނާ ދެކޮޅަށް ބްރިޓަންގައި ގިނަ ބަޔަކުވަނީ މިދިޔަ ހަފުތާ ބަންދުގައި މަގުތައް މައްޗަށް އެއްވެ ހިނގާލުމެއް ބާއްވާފައި ވެއެވެ. އަލަށް ހެދި މި ގާނޫނުގެ ދަށުން ފުލުހުންނަށް ގިނަ ގުނަ ބާރުތަކެއް ލިބިގެން ދެއެވެ. މުޒާހަރާ ކުރަމުންދާ ބައިވެރިންގެ ޝަކުވާއަކީ މި ބާރުތަކުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެން ދާކަމެވެ. މިދިޔަ މަހުގެ ތެރޭގައި މި ބިލު ގާނޫނު ހަދާ […]

އިސްރާއީލާ ގުޅުން ބަދަހި ކުރުމުން ގިނަ ފައިދާތަކެއް ލިބިގެން ދާނެ: ސައުދީ ޚާރިޖީ ވަޒީރު

އިޒްރޭލާ ގުޅުން ބަދަހި ކުރުމުން ގައުމަށް ހީނުކުރާފަދަ ގިނަ ކުރިއެރުންތަކެއް ލިބިގެން ދާނެކަމަށް ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. އޯ.އައި.ސީ ވަނީ ސައުދީގެ ބާރުގެ ދަށުގައެވެ. ކަން މިހެން އޮތަސް، ސައުދީން އިޒްރޭލާ ގުޅުން ބަދަހި ކުރުމުން ފަލަސްތީނުގެ ރައްޔިތުން މިކަމާ ކަންބޮޑުވުން ފާޅުކުރާނެކަމީ ޔަގީން ކަމެކެވެ. މިހާރު އިޒްރޭލާ ބައެއް އަރަބި ގައުމުތަކުން ވަނީ ގުޅުން ބަދަހިކޮށްފައެވެ. އިޒްރޭލާ އަދި އެއްވެސް ގުޅުމެއް ނުބާއްވާ ގައުމުތަކުގެ ގޮތުގައި ޕާކިސްތާނާއި އިރާނާއި ޤަޠަރު އަދި ތުރުކީވިލާތް ފަދަ […]

ހާވާޑް ޔުނިވާސިޓީއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒު ވެއްޖެ

މުޅިދުނިޔޭގައި މަގުބޫލު އަދި ގަދަރުވެރި ޔުނިވަސިޓީއެއް ކަމުގައިވާ ހާވާޑްއިން އޭޝިޔާ މީހުންނާ ބެހޭގޮތުން ކޮށްފައިވާ ރޭސިސްޓް ޕޯސްޓާކާ ގުޅިގެން ގިނަބަޔަކު އެ ޔުނިވަސިޓީއަށް ފާޑުކިޔަމުން އެބަގެންދެއެވެ. މި ޕޯސްޓްކޮށްފައިވަނީ ޔުނިވަސިޓީން ހިންގާ އެންޓި އޭޝިޔަން ރޭސިސަމް ރިސޯސަސް ޕޭޖެއްގައެވެ. މި ޕޭޖަކީ ކޯވިޑް-19 އާ ގުޅިގެން އޭޝިޔާ ނަސްލުގެ މީހުންނަށް އަމާޒުވަމުންދާ ނަސްލީ ތަފާތުކުރުންތައް ކުޑަކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ޕޭޖެކެވެ. އެ ޕޯސްޓުގެ އިބާރާތުގައި ވާގޮތުން ނަސްލީ ތަފާތުކުރުންތަކަކީ ޒަމާންވީ ކަމެއް ކަމަށާއި މިފަދަ ކަމަކާ މާޔޫސްވެ […]

ނެދަލޭންޑްސްގައި އަސްޓްރާޒެނެކާ ކޯވިޑް ވެކްސިން ޖެހުން މެދުކަނޑާލައިފި

ނެދަލޭންޑްސްގައި އަސްޓްރާޒެނެކާ ކޯވިޑް ވެކްސިން ޖެހުން މެދުކަނޑާލައިފިއެވެ. ނެދަލޭންޑްސްގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި އަސްޓްރާޒެނެކާ ވެކްސިން ޖެހުން މެދުކަނޑާލީ އެ ވެކްސިން ޖެހުމާ ގުޅިގެން ފަސް މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެފައިވާ ކަން ކަށަވަރުވެފައި ވާތީއެވެ. ވެކްސިން ޖެހުމާއި ގުޅިގެން ލޭ ގަނޑުވުމާއި ލޭގައި ޕްލޭޓްލެޓް ކައުންޓް ދަށްވެފައިވާ ކަމުގެ އަލާމާތްތައް ވެކްސިން ޖެހި ބައެއް މީހުންގެ ފަރާތުން ވަނީ ފެނިފައެވެ. މި ކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން މި ވެކްސިން 60 އަހަރުން […]

މާލީގައިއޮތް ކައިވެނި ހަފްލާއަކަށް ފަރަންސޭސިވިލާތުން ދިން ހަމަލާ ޔޫ.އެންއިން ކުށްވެރިކޮށްފި

މާލީގެ މީހުން މަދު ސަރަހައްދެއްގައި ޖެނުއަރީ މަހު ބޭއްވި ކައިވެނީގެ ބޮޑު ހަފުލާއަކަށް ފަރަންސޭސިވިލާތުން ވަނީ މަތިންދާބޯޓެއްގައި ބަޔަކު ފޮނުވައި ވަރުގަދަ ހަމަލާއެއް ދީފައެވެ. މިކަން ތަހުގީގުކުރުމަށް ޔޫ.އެންއިން ވަނީ ބޮޑު ތަހުގީގެއް ހިންގާފައެވެ. ތަހުގީގަށްފަހު ފަހު ޔޫ.އެންއިން ވަނީ ކަމާބެހޭގޮތުން 36 ސަފުހާގެ ރިޕޯޓެއް ނެރެފައެވެ. ފަރަންސޭސިވިލާތުން ދީފައިވާ އެ ހަމަލާގައި ކައިވެނި ހަފްލާއަށް ހާޒިރުވެ ތިބި 22 މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން 19 މީހުންނަކީ އާންމު ރައްޔިތުންގެ ބަޔެކެވެ. ޖިހާދީ ޖަމިއްޔާއަކަށް ނިސްބަތްވާ […]

ގެއްލުނު މަތިންދާބޯޓު އެމް.އެޗް 370 ވަނީ އެމެރިކާގެ ސިފައިންގެ ހަމަލާއެއްގެ ޝިކާރައަކަށްވެފައި

ފްރާންސްގެ ނޫސްރިޕޯޓަރެއް ކަމުގައިވާ ފްލޯރެންސް ޑީޗަންގީ ވަނީ ދާދިފަހުން ”ދަ ޑިސެޕިއަރިންގް އެކްޓް: އިމްޕޮސިބަލް ކޭސްއޮފް އެމް.އެޗް 370“ ނަމަކަށް ކިޔާ ފޮތެއް ޝާއިޢުކޮށްފައެވެ. މިފޮތުގައި އެމް.އެޗް 370 ގެއްލުނު ހާދިސާއާ ބެހޭގޮތުން ކޮށްފައިވާ ދިރާސާތައް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އެމް.އެޗް 370 ގެއްލިފައި ވަނީ އެމެރިކާ ސިފައިންގެ ހަމަލާއެއްގެ ސަބަބުން ކަމުގައިވެސް އޭނާގެ މިފޮތުގައި ލިޔެފައިވެއެވެ. މެލޭޝިޔާ އެއާރލައިންސްގެ މަތިންދާ ބޯޓެއް ކަމުގައިވާ އެމް.އެޗް 370 އަކީ ގިނައަދަދެއްގެ ފަތުރުވެރިންނާއެކު ދަތުރުކުރަނިކޮށް ވީ ނުވީއެއްނޭނގި […]

ބަނގްލާދޭޝްއަށް އިންޑިޔާގެ ބޮޑުވަޒީރު ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ ގައުމުގެ މީހުން މުޒާހަރާ ކުރަނީ

ހިންދޫ ނޭޝަނަލިސްޓް ލީޑަރެއް ކަމުގައިވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބަނގްލާދޭޝްއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާ ކޮށްފިއެވެ. ބަނގްލާދޭޝްގެ ނޫސްތަކުން މައުލޫމާތުދިންގޮތުގައި އެ މުޒާހަރާތަކުގައި ފާއިތުވީ ދުވަސްތަކުގެ ތެރޭގައި 12 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފާއިތުވި އާދިއްތަދުވަހު އީސްޓަން ބަންގްލަދޭޝްގެ ހިންދީ ފައްޅިތަކަށާއި ދަތުރުފަތުރުކުރާ އުޅަނދުތަކަށް ހަމަލާދީފައެވެ. ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިދިޔަ ހުކުރު […]