ގެއްލުނު މަތިންދާބޯޓު އެމް.އެޗް 370 ވަނީ އެމެރިކާގެ ސިފައިންގެ ހަމަލާއެއްގެ ޝިކާރައަކަށްވެފައި

Loading

Facebook
Twitter
WhatsApp

ފްރާންސްގެ ނޫސްރިޕޯޓަރެއް ކަމުގައިވާ ފްލޯރެންސް ޑީޗަންގީ ވަނީ ދާދިފަހުން ”ދަ ޑިސެޕިއަރިންގް އެކްޓް: އިމްޕޮސިބަލް ކޭސްއޮފް އެމް.އެޗް 370“ ނަމަކަށް ކިޔާ ފޮތެއް ޝާއިޢުކޮށްފައެވެ.

މިފޮތުގައި އެމް.އެޗް 370 ގެއްލުނު ހާދިސާއާ ބެހޭގޮތުން ކޮށްފައިވާ ދިރާސާތައް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އެމް.އެޗް 370 ގެއްލިފައި ވަނީ އެމެރިކާ ސިފައިންގެ ހަމަލާއެއްގެ ސަބަބުން ކަމުގައިވެސް އޭނާގެ މިފޮތުގައި ލިޔެފައިވެއެވެ.

މެލޭޝިޔާ އެއާރލައިންސްގެ މަތިންދާ ބޯޓެއް ކަމުގައިވާ އެމް.އެޗް 370 އަކީ ގިނައަދަދެއްގެ ފަތުރުވެރިންނާއެކު ދަތުރުކުރަނިކޮށް ވީ ނުވީއެއްނޭނގި ގެއްލުނު މަތިންދާ ބޯޓެކެވެ. މި ހާދިސާ ހިނގާފައިވަނީ 2014 ވަނަ އަހަރުގެ މާރޗް 8 ވަނަ ދުވަހުއެވެ. މަތިންދާބޯޓާއި އޭގައި ދަތުރުކުރަމުންދިޔަ 239 ފަސެންޖަރުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ޑީޗަންގީގެ ލިޔުމުގައި އޭނާވަނީ މި ހާދިސާއަކީ އެމެރިކާ ސަރުކާރާ ގުޅުންހުރި ކަމެއް ކަމުގައި ތުހުމަތުކޮށްފައެވެ. އެމެރިކާއިން އިލެކްޓްރޮނިކް ޖޭމިންގް ޓެކްނޮލޮޖީ ބޭނުންކޮށްގެން މަތިންދާ ބޯޓުގެ މަގުއޮޅުވާލައި ރާޑަރަށް ނާރާގޮތަށް މަތިންދާބޯޓު ގެއްލުވާލާފައިވާކަމަށް އޭނާގެ ދިރާސާތަކުން ބާރުލިބޭކަމަށާއި އެކަންހާމަވާ ހެކިތައް އޭނާގެ މިފޮތުގައި ހިމަނާފައިވެއެވެ. މިކަންކޮށްފައިވަނީ އެ މަތިންދާބޯޓުގައި ޗައިނާއަށް ގެންދިޔުމަށް ތައްޔާރުކޮށްފައި ހުރި ބައެއް އިލެކްޓްރިކް ސާމާނު އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށްވެސް އޭނާވަނީ ތުހުމަތުކޮށްފައެވެ.

ޣިސްލިން ވެޓެރެލޮސް މި ހާދިސާގައި ގެއްލުނު މީހުންގެ އާއިލާތަކުގެ ފަރާތުން ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި ގެއްލުނު މީހުންގެ އާއިލާތަކަށް ވެސް ވަނީ ސަރުކާރުން ދޮގުހަދައި އޮޅުވާލާފައެވެ. މިކަންކަންވެސް ފޮތުގައި ހާމަކޮށްފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް