ނެދަލޭންޑްސްގައި އަސްޓްރާޒެނެކާ ކޯވިޑް ވެކްސިން ޖެހުން މެދުކަނޑާލައިފި

Loading

Facebook
Twitter
WhatsApp

ނެދަލޭންޑްސްގައި އަސްޓްރާޒެނެކާ ކޯވިޑް ވެކްސިން ޖެހުން މެދުކަނޑާލައިފިއެވެ.

ނެދަލޭންޑްސްގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި އަސްޓްރާޒެނެކާ ވެކްސިން ޖެހުން މެދުކަނޑާލީ އެ ވެކްސިން ޖެހުމާ ގުޅިގެން ފަސް މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެފައިވާ ކަން ކަށަވަރުވެފައި ވާތީއެވެ.

ވެކްސިން ޖެހުމާއި ގުޅިގެން ލޭ ގަނޑުވުމާއި ލޭގައި ޕްލޭޓްލެޓް ކައުންޓް ދަށްވެފައިވާ ކަމުގެ އަލާމާތްތައް ވެކްސިން ޖެހި ބައެއް މީހުންގެ ފަރާތުން ވަނީ ފެނިފައެވެ.

މި ކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން މި ވެކްސިން 60 އަހަރުން މަތީ މީހުނަށް ޖެހުން މެދުކަނޑާލާ ކަމަށް މިދިޔަ ހުކުރު ދުވަހު އިއުލާނުކޮށްފައެވެ. އަދި ޖެހިގެން އައި ހޮނިހިރު ދުވަހު މަޝްވަރާތަކަށްފަހު އެ ގައުމުގެ ސިއްހީ ޖަމިއްޔާއިން ވަނީ އަސްޓްރާޒެނެކާ ވެކްސިން ޖެހުން އެއްކޮށް ހުއްޓާލަން ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ ޖަރުމަނު ވިލާތުގައިވެސް އެ ވެކްސިން ޖެހުން ހުއްޓާލުމާ ގުޅިގެންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް