މާލީގެ މީހުން މަދު ސަރަހައްދެއްގައި ޖެނުއަރީ މަހު ބޭއްވި ކައިވެނީގެ ބޮޑު ހަފުލާއަކަށް ފަރަންސޭސިވިލާތުން ވަނީ މަތިންދާބޯޓެއްގައި ބަޔަކު ފޮނުވައި ވަރުގަދަ ހަމަލާއެއް ދީފައެވެ. މިކަން ތަހުގީގުކުރުމަށް ޔޫ.އެންއިން ވަނީ ބޮޑު ތަހުގީގެއް ހިންގާފައެވެ. ތަހުގީގަށްފަހު ފަހު ޔޫ.އެންއިން ވަނީ ކަމާބެހޭގޮތުން 36 ސަފުހާގެ ރިޕޯޓެއް ނެރެފައެވެ.
ފަރަންސޭސިވިލާތުން ދީފައިވާ އެ ހަމަލާގައި ކައިވެނި ހަފްލާއަށް ހާޒިރުވެ ތިބި 22 މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން 19 މީހުންނަކީ އާންމު ރައްޔިތުންގެ ބަޔެކެވެ.
ޖިހާދީ ޖަމިއްޔާއަކަށް ނިސްބަތްވާ ތިންމީހުންވެސް މަރުވި މީހުންގެ ތެރޭގައި ހިމެނޭކަމަށް ޔޫއެންއިން ވަނީ މައުލޫމާތުދީފައެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ގަވައިދުގެ ދަށުން ރައްކާތެރިކަން ދީފައިވާ ބައެއްކަމުގައިވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
One Response
ޔޫ.އެން އެއީ ހަނގުރާމައިގެ ބައެއް!!