ޑރ. ޒާކިރު ނައިކު އަނެއްކާވެސް މެލޭޝިޔާގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ކުއާލަލަމްޕޫރްގައި ދިރިއުޅުއްވަމުން ގެންދަވާ މުންދާ ޑރ.ޒާކިރު ނައިކު އަނެއްކާވެސް އެގައުމުގެ ފެޑެރަލް ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޑރ. ޒާކިރު ނައިކު ޕޮލިސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.

އިންޑިޔާގައި އިސްލާމްދީނަށް ގޮވާލެއްވުމުގެ މަސައްކަތް ކުރީން ކުރައްވަމުން ގެންދެވި އުމުރުފުޅުން 54 އަހަރުގެ ޑރ. ޒާކިރު ނައިކު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިޔާގައި އެ ގައުމުގެ ރައްޔިތެއްގެ ގޮތުގައެވެ.

އިންޑިއާއިން 2016 ވަނަ އަހަރުން ފެށިގެން ދަނީ ޑރ. ޒާކިރު ނައިކު މަނީ ލޯންޑަރިންގެ މައްސަލައެއްގައި ހިމެނޭކަމަށާއި ދީނީ ކަންކަމުގައި ހައްދުފަހަނާއަޅާފައިވާ ކަމަށް ބުނެ އޭނާ ހައްޔަރުކުރަން މަސައްކަތް ކުރަމުންނެވެ. ޑރ. ޒާކިރު ނައިކު މެލޭޝީޔާއަށް ހިޖުރަ ކުރެއްވީ މިކަމާ ގުޅިގެންނެވެ.

ޑރ. ޒާކިރު ނައިކް މެލޭޝިޔާގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރައްވާފައި ވަނީ އެ ގައުމުގައި ދީނީ ދަރުސް ދިނުމުގެ ތެރޭގައި އެ ގައުމުގައި ދިރިއުޅޭ ހިންދޫންގެ މީހުންނާއި ޗައިނާއަށް ނިސްބަތްވާ މީހުންނާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ސަބަބުންނެވެ. މެލޭޝިޔާގައި އުޅޭ ހިންދޫން ދަނީ ޑރ. ޒާކިރު ނައިކު އެ ގައުމުން ފޮނުވާލުމަށް ގޮވާލަމުންނެވެ.

ޕޮލިސް ސްޓޭޝަނަށް ޑރ. ޒާކިރު ނައިކު ހާޒިރުކުރެއްވީ މި މައްސަލައާ ގުޅިގެން ބަޔާނެއް ނެގުމަށް ކަމަށް ބެލެވެއެވެ.

ޑރ. ޒާކިރު ނައިކު ޕޮލިސް ސްޓޭޝަނަށް ހާޒިވެވަޑައިގަތީ އޭނާގެ ގާނޫނީ ވަކީލު ޑަޓުކް އަޚްބާދިން ޢަބްދުލް ޚާދަރްއާ އެއްކޮށެވެ.

 

Loading

One Response

  1. އަންނިގެ ޔާރު މޯޑީގެ ބަލާވެރިކަން. ހިންދޫ އެކްސްޓްރީމިސްޓެއްގެ އުނދަގުލެއް. ވަރަށް ދެރަ. ހިއެއްނުވޭ މެލޭޝިއާއިން ޑރ ޒާކިރު ނަޔަކު އިންޑިގެ އެކްސްޓުރީމިސްޓް މޯޑީއާއި ޙަވާލުކޮށްފާނެހެނެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް