އަލަށް ތަންފީޒު ކުރެވުނު ގާނޫނާ ގުޅިގެން އިނގިރޭސިވިލާތުގައި އަދިވެސް މުޒާހަރާ ކުރަނީ

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގައި ދާދި ފަހުން ތަންފީޒުކޮށްފައިވާ ފުލުހުންނަށް ލިބިގެންވާ ބާރުތައް އިތުރުކުރުމާ ބެހޭ ގާނޫނާ ދެކޮޅަށް ބްރިޓަންގައި ގިނަ ބަޔަކުވަނީ މިދިޔަ ހަފުތާ ބަންދުގައި މަގުތައް މައްޗަށް އެއްވެ ހިނގާލުމެއް ބާއްވާފައި ވެއެވެ.

އަލަށް ހެދި މި ގާނޫނުގެ ދަށުން ފުލުހުންނަށް ގިނަ ގުނަ ބާރުތަކެއް ލިބިގެން ދެއެވެ. މުޒާހަރާ ކުރަމުންދާ ބައިވެރިންގެ ޝަކުވާއަކީ މި ބާރުތަކުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެން ދާކަމެވެ. މިދިޔަ މަހުގެ ތެރޭގައި މި ބިލު ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އެމެރިކާގެ ގިނަބަޔަކު ވަނީ މުޒާހަރާ ކުރަންފަށާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޕޮލިސް ސްޓޭޝަންތަކަށް ގާއުކައި ޕޮލިސް އުޅަނދުތަކުގައި ހުޅުޖަހާފައެވެ. އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މުޒާހަރާގެ ބައިވެރިންގެ މި އަމަލުތަކަކީ ވަރަށް ދަށްފެންވަރެއްގެ އަމަލުތަކެއް ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންވެސް އެމީހުނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ބުނެ ޝަކުވާކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް