މިއަހަރުގެ ރޯދަމަސް ފެށެނީ ކޮން ދުވަހަކު؟

Loading

Facebook
Twitter
WhatsApp

ރަމަޟާން މަހު މުސްލިމުން ރޯދަ ހިފަން ފަށަނީ ހަނދު ސާބިތު ވުމުންނެވެ. ލަފާކުރެވޭ ގޮތުގައި ރަމަޟާން މަސް ފެށޭނީ އޭޕްރީލް 13 ވަނަ ދުވަހުއެވެ.

ހަނދު ސާބިތު ކުރުމުގައި ސައުދީ އާއި މުސްލިމު އާބާދީ ބޮޑު އެހެން ގައުމުތަކުން ބަލާނީ ހަނދު ސާބިތުވިކަމަށް ބުނާ ހެކިވެރިންގެ ހެކި ބަހަށެވެ.

ބަހްރެއިންއާއި، މިސްރު، ކުވައިތް، އޮމާން، ގަތަރު އަދި ޔޫ.އޭ.އީ ފަދަ ގައުމުތަކުން ތަބާ ވާންޖެހޭނީ ސައުދީގެ ނިންމުމަށެވެ. ސައުދީން ހަނދު ސާބިތުވެއްޖެ ކަމަށް ބުނުމުން އެ ގައުމުތަކުގެ މީހުން ރަމަޟާންމަހު ރޯދަ ހިފަން ފަށާނެއެވެ.

ބައެއް އެހެން ގައުމުތަކުގައި އަމިއްލައަށް ހަނދު ސާބިތުކޮށް ރޯދަހިފައެވެ. އިންޑޮނޭސިޔާ، ލެބަނަން، މޮރޮކޯ އަދި ސީރިޔާ ފަދަ ގައުމުތަކުންވެސް ރޯދަ ހިފަން ފަށާނެކަމަށް ލަފާކުރެވެނީ ކުރިޔަށް އޮތް ހަފްތާގެ އަންގާރަދުވަހުން ފެށިގެންނެވެ.

ގަތަރު ކަލަންޑަރ ހައުސްއިން އިއުލާނުކުރި ގޮތުގައި ރަމަޟާން މަހުގެ ހަނދު ފެންނާނެ ކަމަށް ލަފާކުރެވެނީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުގެ ރޭގަނޑު 2:31 އެވެ. އެރޭ އެމެރިކާގެ ގިނަ ހިސާބުތަކަށް ހަނދު ފެންނަން ހުންނާނެ ކަމަށާއި އޭޕްރިލް 13 ގައި ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ރަމަޟާން މަހުގެ ހަނދު ފާޅުކަން ބޮޑުގޮތެއްގައި ފެންނާނެ ކަމަށް އެމީހުން ވަނީ ލަފާކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް