އިސްރާއީލާ ގުޅުން ބަދަހި ކުރުމުން ގިނަ ފައިދާތަކެއް ލިބިގެން ދާނެ: ސައުދީ ޚާރިޖީ ވަޒީރު

Loading

Facebook
Twitter
WhatsApp

އިޒްރޭލާ ގުޅުން ބަދަހި ކުރުމުން ގައުމަށް ހީނުކުރާފަދަ ގިނަ ކުރިއެރުންތަކެއް ލިބިގެން ދާނެކަމަށް ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

އޯ.އައި.ސީ ވަނީ ސައުދީގެ ބާރުގެ ދަށުގައެވެ. ކަން މިހެން އޮތަސް، ސައުދީން އިޒްރޭލާ ގުޅުން ބަދަހި ކުރުމުން ފަލަސްތީނުގެ ރައްޔިތުން މިކަމާ ކަންބޮޑުވުން ފާޅުކުރާނެކަމީ ޔަގީން ކަމެކެވެ.

މިހާރު އިޒްރޭލާ ބައެއް އަރަބި ގައުމުތަކުން ވަނީ ގުޅުން ބަދަހިކޮށްފައެވެ. އިޒްރޭލާ އަދި އެއްވެސް ގުޅުމެއް ނުބާއްވާ ގައުމުތަކުގެ ގޮތުގައި ޕާކިސްތާނާއި އިރާނާއި ޤަޠަރު އަދި ތުރުކީވިލާތް ފަދަ ގައުމުތައް ހިމެނެއެވެ.

ތުރުކީވިލާތުގައި ހުންނަ ފަލަސްތީނުގެ އެން.ޖީ.އޯ އަކުން ވަނީ ސައުދީ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.

ސައުދީން އޯ.އައި.ސީގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެހެނިހެން މުސްލިމް ގައުމުތަކަށް އޮޅުވާލައި އިޒްރޭލާ ގުޅުން ބަދަހިކުރަމުންދާތާ ޒަމާންތަކެއް ވެއްޖެކަމަށް އެ އެން.ޖީ.އޯއިން ވަނީ ބުނެފައެވެ.

އިންޑިޔާގެ މުސްލިމުންނާ މެދު ކަންތައްކުރެވެމުންދާ ގޮތާއި ފަލަސްތީނުގެ ރައްޔިތުންގެ ނިކަމެތި ހާލަށް އަޅާލުމުގެ ބަދަލުގައި ސައުދީ ސަރުކާރުން ދަނީ އެމީހުންގެ ބާރާއި މުއްސަނދި ކަމުގެ ބޭނުންކޮށްގެން އެހެނިހެން ސިޔާސީ ލީޑަރުންގެ ރުހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމުގައިވެސް ފަލަސްތީނުގެ މި އެން.ޖީ.އޯއިން ވަނީ ބުނެފައެވެ.

ސައުދީ ސަރުކާރުގެ ކަންކަމާ ގުޅޭ ދިރާސާތައް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސައުދީ ސަރުކާރުން އިސްރާއީލާ ގުޅުން ބަދަހި ކުރުމަށް ރާވާފައިވާ ނިންމުމަކީ ވަރަށް ކުރީއްސުރެ ރާވައިގެން ކުރެވެމުންދާ ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ކަން ކުރުމަށްޓަކައި ސައުދީން ވަނީ ވަރަށް ކުރީއްސުރެ ރޭވުންތަކެއް ރާވާފައެވެ. މަޑުމަޑުން ރޭވުންތެރިކަމާއެކު މިކަން ކުރުމުގެ ހިކުމަތަކީ ސައުދީގައި އުޅޭ މުސްލިމުންނަށް އޮޅުވާލުން ކަމުގައިވެސް އެމީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

އިޒްރޭލާ ގުޅުންބަދަހިކުރުމުން ގައުމަށް ފައިދާވާނެ ކަމަށް ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސައުދީގެ ފޮރިން މިނިސްޓަރ، ފައިސަލް ބިން ފަރްޙާން އަލް ސަޢުދްއާ ކުރެވުނު އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސައުދީގެ މި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް