ހާވާޑް ޔުނިވާސިޓީއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒު ވެއްޖެ

Loading

Facebook
Twitter
WhatsApp

މުޅިދުނިޔޭގައި މަގުބޫލު އަދި ގަދަރުވެރި ޔުނިވަސިޓީއެއް ކަމުގައިވާ ހާވާޑްއިން އޭޝިޔާ މީހުންނާ ބެހޭގޮތުން ކޮށްފައިވާ ރޭސިސްޓް ޕޯސްޓާކާ ގުޅިގެން ގިނަބަޔަކު އެ ޔުނިވަސިޓީއަށް ފާޑުކިޔަމުން އެބަގެންދެއެވެ.

މި ޕޯސްޓްކޮށްފައިވަނީ ޔުނިވަސިޓީން ހިންގާ އެންޓި އޭޝިޔަން ރޭސިސަމް ރިސޯސަސް ޕޭޖެއްގައެވެ. މި ޕޭޖަކީ ކޯވިޑް-19 އާ ގުޅިގެން އޭޝިޔާ ނަސްލުގެ މީހުންނަށް އަމާޒުވަމުންދާ ނަސްލީ ތަފާތުކުރުންތައް ކުޑަކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ޕޭޖެކެވެ.

އެ ޕޯސްޓުގެ އިބާރާތުގައި ވާގޮތުން ނަސްލީ ތަފާތުކުރުންތަކަކީ ޒަމާންވީ ކަމެއް ކަމަށާއި މިފަދަ ކަމަކާ މާޔޫސްވެ ކަންބޮޑުވާ ހިނދު ކާބަފައިންނާއި އެމީހުންގެ އާދަކާދައާއި ހިތްވަރުގަދަކަމުގެ ހަނދާންތައް އައުކޮށްލުމަކީ މުހިންމު ކަމެކެވެ. އަދި އަމިއްލަ ސަގާފަތް އެހެން މީހުންނަށް ރީތިގޮތަކަށް ދެއްކުމަށް މަސައްކަތް ކުރުމަކީ އޭޝިޔާގެ އެންމެންގެ ޒިންމާއެއް ކަމުގައިވެސް މި ލިޔުމުގައި ވެއެވެ.

މި ޕޯސްޓުގައިވާ ލިޔުމުގެ އިބާރާތަކީ މިފަދަ ޕޭޖެއްގައި ޕޯސްޓްކުރުމަށް އެކަށީގެން ނުވާ އިބާރާތެއްކަމަށް ޔުނިވަރސިޓީގެ ގިނަ ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. މި ކަމާ ގުޅިގެން ޔުނިވަރސިޓީގެ އިސް ދަރިވަރެއް ކަމުގައިވާ މަޓިއޯ ވޮންގް ވަނީ ޓްވިޓާގައި ނުރުހުން ފާޅުކޮށްފައެވެ. މަޓިއޯގެ އިތުރުން ހާވާޑް ޔުނިވަރސިޓީގައި ކިޔަވަމުންދާ އެހެނިހެން ދަރިވަރުންވެސް ވަނީ ޔުނިވަސިޓީގެ ފަރާތުން ކޮށްފައިވާ މި ޕޯސްޓަށް ގިނަ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މިކަމާ ގުޅިގެން ހާވާޑް ޔުނިވަސިޓީގެ ޕޭޖުން މިހާރުވަނީ އެ ޕޯސްޓް ނައްތާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް